ސުޝާންތުގެ "ޗިޗޯރޭ" 150 ކުރޯޑުގެ އާމްދަނީއެއް ހޯދައިފި

ފިލްމުގެ ޕޯސްޓަރެއް---

ޝްރައްދާ ކަޕޫރާއި ސުޝާންތު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޗިޗޯރޭ" ބޮކްސް އޮފީހުގައި 150 ކުރޯޑުގެ އާމްދަނީ ހޯދައިިފި އެވެ.

ފިލްމު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު އެ ފިލްމުގެ ސްކްރިޕްޓް ވަނީ ގިނަ ބަޔަކަށް ކަމުގޮއްސަ އެވެ.

ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝް ބުނީ ޗިޗޯރޭއަށް މިހާ ބޮޑު އާމްދަނީ އެއް ލިބުނީ ފިލްމުގެ ވާހަކަ އިން ކަމަށެވެ. ފިލްމާ ގުޅޭގޮތުން ޝްރައްދާ ބުނީ ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި އަބަދުވެސް ބެލުންތެރިން ބަލައިގަންނަ އެކްޓިން އެއް ދެއްކޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ފިލްމު އުފެއްދީ ފަސްސަތޭކަ އިންޑިއަން ރުޕީސް އިންނެވެ. ޗިޗޯރޭ ރިލީޒްކުރީ އަޔޫޝްމަން ކުރާނާގެ ޑްރީމް ގާލް ރިލީޒްކުރުމުގެ ހަފްތާއެއް ކުރިންނެވެ.

ޗިޗޯރޭއަކީ ހޮސްޓެލެއްގައި އެކުގައި އުޅުުނު ރަހުމަތްތެރިންގެ ވާހަކަ ކިޔަދޭ ފިލްމެކެވެ. މި ފިލްމަކީ 100 ކުރޯޑުގެ އާމްދަނީ އެއް ސުޝާންތްގެ ފިލްމަކަށް ލިބުނު ދެ ވަނަ ފަހަރެވެ.

comment ކޮމެންޓް