ލަވަކިޔުންތެރިޔާ މައިކަލް ރޭ އާއި ކާލީ ޕިއާސް ކައިވެނިކޮށްފި

މައިކަލް ރޭ އާއި ކާލީ ޕިއާސް: އެދެތަރިން ވަނީ އާދިއްތަ ދުވަހު ކައިވެނިކޮށްފައި----

އެމެރިކާގެ މަގްބޫލު ދެ ލަވަކިޔުންތެރިން ކަމަށްވާ މައިކަލް ރޭ، 31، އާއި ކާލީ ޕިއާސް 29، ކައިވެނިކޮށްފި އެވެ.

އެ ދެތަރިން ކައިވެނިކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ނޭޝްވިލްގަ އެވެ. ދެތަރިންގެ ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާއިން ބައިވެރިވިއިރު ރަހުމަތްތެރިންނާއި ލަވަކިޔުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ކާލީ އާއި މައިކަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އަދި އެދެތަރިން އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ކާލީ ވަނީ މިދިޔަ އަހަރު އޭނާގެ ލަވަ 'އެވްރީ ލިޓްލް ތިންގް' އިން ބްރޭކްތްރޫ ވީޑިއޯ އޮފް ދަ އިޔާގެ މަގާމާއި ފީމޭލް ވީޑިއޯ އޮފް ދަ އިޔާގެ މަގާމް ހޯދައިފަ އެވެ.

comment ކޮމެންޓް