އޫރިދޫ "ކްރޭޒީ ރޭސް" އިން މޮޅުވެގެން ޖެޓްސްކީ އެއް ހޯދުމުގެ ފުރުސަތު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި އަގުހުރި އެތަށް އިނާމްތަކެއް ލިބިގެންދާ އެސްއެމްއެސް މުބާރާތެއް ތައާރަފްކޮށްފިއެވެ.

މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގް ބަޑްސް، އެޕަލް އެއާޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ބޮޑު އިނާމެއްގެ ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެއެވެ.

އުރީދޫ އިން މައުލޫމަތު ދޭ ގޮތުގައި ކްރޭޒީ ރޭސްގެ ކުޅުންތެރިންގެ އަމާޒަކީ، އަހާލެވޭ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓުވެސް އިތުރު ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްސް މުބާރާތުގައި ސުވާލު ކުރެވޭނީ ތިން ވައްތަރެއްގެ ކުޅިވަރުތަކުގެ ސުވާލުތަކެވެ. އެއީ ކާރު، ރޭސިން އަދި ބައިކިންނާ ބެހޭ ތަފާތު ސުވާލުތަކެވެ.

ސުވާލު މުބާރާތުގައު ބައިވެރިވާނީ ކިހިނެތް؟

ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4242 އަށް އެސް.އެމް.އެސް ކުރެއްވުމުން ސުވާލު މުބާރާތުގައި ބައިވެރި ވެވޭވެނެ.

އިނާމު ލިބޭ ގޯތަކީ ކޮބާ؟

ކްރޭޒީ ރޭސްގައި ބައިވެރިވާ ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ހާއްސަކުރެވިފައިވާއިރު، ކޮންމެ ހަފްތާއަކު، ކޮންމެ މަހަކު އަދި މުޅި މުބާރާތް ނިމުމާއި އެކު ކުޅުންތެރިންނަށް ލިބޭ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ބޭފުޅުންނަށެވެ. މިގޮތުން، އެކުޅުންތެރިއެއްގެ ސްކޯ އިތުރުވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ދޭ އިނާމުތަކު ތެރޭ، ސެމްސަން ގެލެކްސީ ބަޑްސް، އެޕަލް އެއާޕޮޑް، ސެމްސަންގް ގެލެކްސީ ވޮޗް، އެޕަލް ވޮޗް ހިމެނެއެވެ.

ކޮންމެ މަހެއްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 128 ޖީބީ ސެމްސަންގް ގެލެކްސީ އެސް 10 ލިބޭނެއެވެ.

މުޅި މުބާރާތުން މޮޅޫވާ ކުޅުންތެރިއަށް އޮތީ ޖެޓްސްކީ އެވެ.

ކްރޭޒީ ރޭހާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވާށެވެ.

comment ކޮމެންޓް