ފެން ބާލިދީ މައްސަލަ: ސައިކަލު މަތީ އިން ބިދޭސީ މީހާ ހޯދައިފި

ސައިކަލެއްގައި އިން ބިދޭސީއެއްގެ ގަޔަށް ފެން ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓްތަކެއް --

ސައިކަލެއްގެ މަތީގައި އިންދާ ދިވެއްސަކު ގޮސް ފެންޖެހި ބިދޭސީ މީހާ ހޯދައިފިއެވެ.

ސައިކަލެއްގެ މަތީގައި ބިދޭސީއަކު އިންދާ އެ މީހާގެ ގަޔަށް ފެންޖެހި މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅު ކުރިއެވެ.

އެ ވީޑިއޯއިން ފެންނަ ބިދޭސީ މީހާއާ މެދު ހަމްދަރުދީވެ، އޭނާ ހޯދައި އެހީވުމުގެ ޝައުގު ބައެއް އާންމުންވެސް މީގެ ކުރިން ފާޅު ކުރިއެވެ. އަދި މިއަދު އޭނާ ހޯދަން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ތަހުގީގުގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އެފަހުން މިއަދު ހަވީރު ކުރި ޓްވީޓެއްގައި ފުލުހުން ބުނެފައި ވަނީ އާންމުންގެ އެހީތެރިކަމާ އެކު ބިދޭސީ މީހާ ހޯދިފައިވާ ކަމަށެވެ.

ބިދޭސީ މީހާ ގަޔަށް ފެން ޖެހި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ތަހުގީގްކުރަމުންދާ ކަަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް