މަޖީދީ މަގުގައި އެކްސިޑެންޓެއް، ކާރު ކޮންޓްރޯލް ނުވެ ޖެހުނީ ގަހެއްގައި

ޖެނުއަރީ 14، 2018: ފުލުހުން މަގުގެ ޓްރެފިކް ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކާރެއް ކޮންޓްރޯލް ނުވެ ގަހެއްހައި ޖެހިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:59 އެހާކަންހާއިރު ކާރަކާއި ސައިކަލެއް ޖެހި މަޖީދީ މަގުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ކާރު ކޮންޓްރޯލް ނުވެ މަޖީދީ މަގުގެ އެއްކައިރީގައި ޖަހާފައި ހުރި ގަހެއްގައި ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިކަލް ދުއްވަން އިން މީހާ އޭޑީކޭއަށް ގެންގޮސް ފަރުވާދޭން ވަނީ ފަށައިފަ އެވެ.

ޓްރެފިކް ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ހަފްތާގައި ވެސް މާލޭގައި 44 އެކްސިޑެންޓް ހިނގައި، ހަތް މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓައިފަ އެވެ.

comment ކޮމެންޓް