ޑިޒްނީގެ "މެލަފިޝަންޓް 2"ގެ ޓްރެއިލާ ނެރެފި، ފިލްމު މިމަހު 18 ގައި

ފިލްމުގެ ޕޯސްޓަރެއް---

ބަތަލާ އެންޖެލީނާ ޖޮލީ ފެނިގެންދާ ފިލްމު "މެލަފިޝެންޓް : މިސްޓްރެސް އޮފް އީވަލް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ޝައުގުވެރި ރީތި ކްލައިމެކްސް ގިނަ މަންޒަރުތަކެއް ދައްކުވައިދީފައިވާ އެ ފިލްމު ރިލީޒްކުރާނީ މި މަހު 18 ގައެވެ. ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އެ ތާރީހަށް މީގެކުރިން ވަނީ ބަދަލު ގެނެސް މި މަހު ރިލީޒްކުރާގޮތަށް ނިންމާފައެވެ.

އެ ފިލްމަކީ ޑިޒްނީގެ "ސްލީޕިންގް ބިއުޓީ" ކާޓޫނުގައި ހަރަކާތްތެރިވާ ނުބައި ފެއަރީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނާ ހިސާބަށް އައީ 2014 ވަނަ އަހަރުއެވެ.

އެ ފިލްމަކީ ބޮކްސް އޮފީހުގައި ވިދާލި ފިލްމެކެވެ.

މެލެފިޝަންޓް 2 ޝްވެކް ސިނަމާގައި ވެސް އަޅުވާގޮތަށް ވަނީ ނިންމާފައެވެ. ފިލްމު ގެނެސްދޭނީ 3D އަދި އައިމެކްސް ފޯމެޓުގައެވެ.

comment ކޮމެންޓް