ހަރަތު ސަރަހައްދެއްގައި އަޅާ ކޯޒްވޭގެ ޑިޒައިން މަސައްކަތް ހަވާލުކޮށްފި

މުއްޔާއި ނާލާފުށި--

ހަތަރު ސަރަހައްދެއްގައި އަޅާ ކޯޒްވޭގެ ޑިޒައިން މަސައްކަތާއި އީއައިއޭގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންސާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

ކޯޒްވޭ އަޅަން ނިންމާފައިވާ ސަރަހައްދު ތަކާއި ޑިޒައިން އަދި އީއައިއޭ މަސައްކަތުގެ އަގު:

1. ތ. ވޭމަންޑޫ - ތ. ކިނބިދޫ: 185،000.60 ރުފިޔާ

2. ގދ ފަރެސްމާތޮޑާ - ފަރެސްމާތޮޑާ އެއާޕޯޓު އަދި މަޑަވެލި - ހޯޑެއްދޫ: 174،661.50 ރުފިޔާ

3. މ. މުލި - ނާލާފުށި: 210،000.33 ރުފިޔާ

މި އެއްބަސްވުމުގެ ދަށުން ތ. ވޭމަންޑޫ- ތ. ކިނބިދޫ، ގދ ފަރެސްމާތޮޑާ - ފަރެސްމާތޮޑާ އެއާޕޯޓު، ގދ. މަޑަވެލި- ހޯޑެއްދޫ އަދި މ. މުލި-ނާލާފުށި ކޯޒްވޭ ހެދުމަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިން ހަދައި އީއައިއޭ ތައްޔާރު ކުރާނެއެވެ.

މީގެ ކުރިން ޕްލޭނިން މިނިސްޓްރީ އިން ވަނީ އަތޮޅުގައި ހިމެނޭ ލ. ކުނަހަންދޫ- ލ. މެންދޫ ކޯޒްވޭ އާއި ލ. ކަލައިދޫ- ލ. ދަނބިދޫ ކޯޒްވޭގެ އިތުރުން ލ. ހިތާދޫ- ލ. މެންދޫ ކޯޒްވޭ ގެ އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

ނާލާފުއްޓާއި މުލި ގުޅައިލާ ކޯޒްވޭ އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެ މަސައްކަތަށް 2,675,000 ރުފިޔާ ވަނީ ބަޖެޓްކޮށްފަ އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް މީގެ ކުރިން ކުރިއަށްގެންގޮސްފައިވީނަމަވެސް ކޯޒްވޭގެ މަތިން ލޮނުގަނޑު އަރާތީ ކޯޒްވޭ ވަނީ ކަނޑާލައިފައެވެ.

ނާލާފުއްޓާއި މުލި ގުޅާލުމަށް އެ ދެރަށުގެ ކައުންސިލުން އެއްބަސްވެފައި ވަނީ 2015 ވަނަ އަހަރު އެވެ. މީގެ ކުރިން މުލީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު އެ ދެރަށް ގުޅާލުމަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން އިސްދޫ އާއި އެއްފަހަށް ކޮންނަ ކަލައިދޫ އާއި ދަނބިދޫ ގުޅާލުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

https://sun.mv/121487

comment ކޮމެންޓް