އެކްސަސައިޒް އެކުވެރިންގައި ބައިވެރިވާ ސިފައިން އިންޑިއާ އަށް

އެކްސަސައިޒް އެކުވެރިންގައި ބައިވެރިވާ ސިފައިން -- ފޮޓޯ:އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ސިލްސިލާކޮށް ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން" ގެ 10 ވަނަ އެކްސަސައިޒްގައި ބައިވެރިވާ ސިފައިން އިންޑިއާ އަށް ފުރައިފިއެވެ.

އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި އަސްކަރީ ތަމްރީންގެ ގެ ތެރެއިން މި ފަހަރުގެ އެކްސަސައިޒް އެކުވެރިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތަކުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައެވެ.

"އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަ ޓެރަރިޒަމާއި ކައުންޓަ އިންސަޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމަށް ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމެއްގައި ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައެވެ.

comment ކޮމެންޓް