ސިނަމަން ވެލިފުށި ރިސޯޓު ހުޅުވައިފި

ވ. އާރަށުގައި ހުޅުވި ސިނަމަންގެ އާ ރިސޯޓު --- ފޮޓޯ: ސިނަމަން

ސިނަމަންގެ އާ ރިސޯޓެއް ވ. އާރަށުގައި ހުޅުވައިފިއެވެ.

ސިނަމަން ވެލިފުށި މޯލްޑިވްސްގެ ނަމުގައި ހުޅުވި ރިސޯޓަކީ 90 ކޮޓަރީގެ ރިސޯޓެކެވެ. އޭގެ ތެރޭގައި ވޯޓާ ބަންގަލޯސް އާއި ބީޗް ބަންގަލޯސް އަދި ބީޗް ވިލާ ހިމެނެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ހުޅުވި މި ރިސޯޓުގައި ހަ ރެސްޓޯރެންޓާއި ބާ ހުންނައިރު އޭގެ ތެރޭގައި ސީ ފުޑަށް ހާއްސަ ރެސްޓޯރެންޓެއް ހުރެއެވެ.

މީގެ އިތުރުން މޫދު ކުޅިވަރަށް ހާއްސަ ސެންޓަރަކާއި ސްޕާއެއްވެސް މި ރިސޯޓުގައި ހުންނާނެއެވެ.

ސިނަމަން ވެލިފުއްޓަކީ ލަންކާގެ ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުނިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ. ސިނަމަން ވެލިފުށީގެ އިތުރުން ސިނަމަން ދޮންވެލި، ސިނަމަން ހަކުރާ އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އަކީ އެކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ރިސޯޓުތަކެވެ.

comment ކޮމެންޓް