އިސްލާމީ ގައުމުތަކަށް ކަޝްމީރުގެ ވާހަކަ ދެއްކުމުގެ ހައްގެއް ނެތް: ރައީސް ނަޝީދު

އިންޑިއާ ސިފައިން ކަޝްމީރުގައި ހަރަކާތްތެރިވަނީ--

އިސްލާމީ ގައުމުތަކަށް ކަޝްމީރުގެ މުސްލިމުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން އިސްތިއުމާރުކޮށްފައިފައިވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައި އޮންނަ ޚާއްސަ އިމްތިޔާޒްތައް އުވާލައި އެތަނުގައި ހިންދޫން އާބާދުކުރަން ނިންމި ނިންމުން އިސްލާމީ 57 ގައުމު ހިމެނޭ ޖަމްއިއްޔާ އޯއައިސީން ދާދި ފަހުން ވަނީ ކުށްވެރިކޮށް ގަރާރެއް ނެެރެފައެވެ.

އެ ބަޔާނުގައި އޯއައިސީން ވަނީ ކަޝްމީރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާއިން ދަނީ ކަޝްމީރުގައި އިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުންނެވެ. އެ ސަރަހައްދަށް ނޫސްވެރިންނަށްވެސް ނުވަދެވެއެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ އޯއައިސީ އިން ނިންމި ނިންމުން ރާއްޖެއިން ގަބޫލު ނުކުރާ ކަމަށެެވެ. އަދި އިންޑިއާގެ ނިންމުމަމަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާއަކީ ޑިމޮކްރަސީއެއް. އެހެނެއް ނޫން އޯއައިސީގެ ގައުމުތަކަކީ، ވަރަށް މަދު ގައުމެއް ފިޔަވައި ދެން ހުރި ގައުމުތަކަކީ ޑިމޮކްރަސީއެއް ނޫން. އިންޑިއާގެ އިންސާނީ ހައްގުތަކުކުގެ ވާހަކަ އެގައުމުތަކަށް ނުދެއްކޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދައުވާ ކުރާ އިންޑިއާއިން ކަޝްމީރުގެ ކުށެެއް ނެތް އާންމުންނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ނިއުޔޯކްޓައިމްސް ފަދަ ދުނިޔޭގެ ބޮޑެތި ނޫސްތަކުންވެސް ދަނީ ކަވަރު ކުރަމުންނެވެ. ނަމަވެސް އިންޑިއާގެ ބޮޑެތި ނޫސްވެރިން ބުނީ އެ ނޫސްތަކުން ފަތުރަނީ ފޭކްނިއުސްތަކުން ކަމަށެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާއެވެ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެ ރައީސް ނަޝީދު ވަނީ ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ އެގައުމަށް ބަހުގެ ހަމަލާތަކެއްވެސް ދެއްވައިފައެވެ.

comment ކޮމެންޓް