ޓީޗަރުންގެ ދުވަހާ ގުޅިގެން ދިރާގުން ޓީޗަރުންނަށް ވަރަށް ހާއްސަ އޮފާއެއް

ދިރާގުން ޓީޗަރުންނާއެކު ބޭއްވި އިވެންޓްއެއްގެ ތެރެއިން--- ފޮޓޯ: ދިރާގު

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ޓީޗަރުންނަށް ވަރަށް ހާއްސަ އޮފާއެއް ހުޅުވާލައިފިއެވެ.

" އޭ ޕްލަސް" އޮފާގެ ދަށުން ޓީޗަރުންނަށް ހިލޭ ބްރޯޑް ބޭންޑް ފައިބަރު ގުޅައިދިނުމުގެ އިތުރުން ހިލޭ އޯއެންޓީ މޯޑަމްވެސް ލިބެއެވެ.

އޭގެ އިތުރުން 350 އިން ފެށިގެން މަތީގެ ޕޯސްޓް ޕެއިޑް ބޭނުންކުރައްވާ ޓީޗަރުންނަށް ދެ ޖީބީގެ ޑޭޓާ ތިން މަސްވަންދެން އެ އޮފާގެ ދަށުން ލިބެއެވެ.

އޭ ޕްލަސްގެ ދަށުން ލިބޭ އިތުރު އޮފާތައް

  • ދިރާގުން ވިއްކާ ސެމްސަންޓް އެޕަލް ނުވަތަ ވާވޭގެ ފޯނުތަކުން ޑިސްކައުންޓާއި ހާއްސަ އެސަސަރީޒް
  • ކްލޯޒް ޔޫޒާ ގްރޫޕް (ސީޔޫޖީ) އެއްގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް ހިލޭ ގުޅައި ޑޭޓާ އާއި ވޮއިސް އެޑްއޮންތައް ގަނެ ޝޯޓް ކޯޑް ޑައެލިންގެ ހިދުމަތްވެސް ލިބެއެވެ.

އެ ޕެކޭޖަށް އެދިލައްވަން ބޭނުންވާ ޓީޗަރުން ދިރާގު އެޕްލިކޭޝަން ފޯމެއް ފުރައި ސްކޫލުގެ ތައްގަނޑު ޖެހުމަށްފަހު ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް މިމަސް ނިމުމުގެ ކުރިން ހުށަހެޅޭނެއެވެ.

comment ކޮމެންޓް