އުޅަނދުފަހަރުގެ ފަޅުވެރިން އަލިފާނުގެ ހާދިސާތަކަށް އަހުލުވެރިކުރުވައިފި

ފަޅުވެރިންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ފަޔާ އެވެއާނަސް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މާލޭ އުތުރު ހާބަރުގައި ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ފަޔާ އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި އެވެ.

ރޭ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ އުތުރު ހާބަރު އެމްޕީއެލް ސަރަހައްދުގަ އެވެ.

އެ ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން ކައްކާ ގޭހާއި އަދި އަލިފާނާ ގުޅުން ހުރި ކަންކަމުން އޮޑިދޯނި ފަހަރުގެ ސަލާމަތާއި ރާއްކާތެރިކަމާ ގުޅޭ ގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

އެ ޕްރޮގްރާމްގައި ޖުމްލަ 65 ފަރާތަކުން ބައިވެރިވެފައިވާ އިރު، ޕްރޮގްރާމްގައި ކިޔަވާދެއްވާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ މުދައްރިބުންނެވެ.

ފަޅުވެރިން އަލިފާނުގެ ހާދިސާތަކަށް އަހުލުވެރިކުރުވާފައިވާ އިރު، މިދިޔަ ހަފްތާގައި މާލެ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރަކާއި އެ ސަރަހައްދު ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތް މީހަކު ވަނީ ފިހިފަ އެވެ.

comment ކޮމެންޓް