ބޯޅަ އުކަމުން 10 ކިލޯމީޓަރަށް ދުވެ، ރާއްޖޭގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ކެނަޑާގެ ދުވުންތެރިޔާ މިކަލް ކެޕްރަލް މިއިދު އައްޑޫގައި އޮތް ޓީއެފްޖީ ރަންގައި ބޯޅަ އުކަމުން ދުވެ ރެކޯޑް ހެދުމަށްފަހު: އޭނަ ހަދާފައި ވަނީ ހަތަރު ބޯޅަ އުކަމުން އެންމެ އަވަހަށް 10 ކިލޯ މީޓަރު ހަމަކުރުމުގެ ރެކޯޑް --- ފޮޓޯ// ކެޕްރަލްގެ ޓްވިޓާ

އެއް ފަހަރާ ހަތަރު ބޯޅަ ޖަގްލް ކުރަމުން 10 ކިލޯމީޓަރަށް ދުވެގެން، އައްޑޫ ސިޓީގައި ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

މި ރެކޯޑަކީ، ހަތަރު ބޯޅަ ޖަގްލް ކުރަމުން އެންމެ އަވަހަށް 10 ކިލޯމީޓަރަށް ވުމުގެ ރެކޯޑެވެ. މިފަދަ ދުވުންތަކަށް ކިޔަނީ "ޖޮގްލް"ކުރުމެވެ.

ހަތަރު ބޯޅައާއެކު 10 ކިލޯމީޓަރަށް "ޖޮގްލް"ކުރުމުގެ ދުނިޔޭގެ ރެކޯޑު މިއަދު ރާއްޖޭގައި ހަދާފައިވަނީ، މީގެ ކުރިންވެސް "ޖޮގްލް"ކުރުމުގެ ރެކޯޑުތަކެއް މީގެ ކުރިން ވެސް ހަދާފައިވާ ކެނެޑާގެ މިކަލް ކެޕްރެލްއެވެ. މިއަދު އޭނާ ހެދި ރެކޯޑަކީ ދުނިޔޭގައި މުޅިން އަލަށް ހެދި ރެކޯޑެކެވެ.

ކެނަޑާގެ ދުވުންތެރިޔާ މިކަލް ކެޕްރަލް މިއިދު އައްޑޫގައި އޮތް ޓީއެފްޖީ ރަންގައި ބޯޅަ އުކަމުން ދުވެ ރެކޯޑް ހެދުމަށްފަހު: އޭނަ ހަދާފައި ވަނީ ހަތަރު ބޯޅަ އުކަމުން އެންމެ އަވަހަށް 10 ކިލޯމީޓަރު ހަމަކުރުމުގެ ރެކޯޑް --- ފޮޓޯ// ކެޕްރަލްގެ ޓްވިޓާ

އައްޑޫ ސިޓީގައި އޮތް ޓީއެފްޖީގެ ދުވުމުގައި، ހަތަރު ބޯޅަ ޖަގްލްކުރަމުން މިކަލް 10 ކިލޯމީޓަރުގެ ރޭސް ނިންމާފައިވަނީ 55 މިނިޓާއި 48 ސިކުންތުންނެވެ.

މިކަލް ކެޕްރެލް މީގެ ކުރިން ވަނީ ތިން ބޯޅަ ޖޮގްލް ކުރަމުން އެންމެ އަވަހަށް ހާފް މެރެތަންއެއް އަދި މެރެތަންއެއް ދުވެ ނިންމުމުގެ ދެ ރެކޯޑުވެސް ހަދާފައެވެ.

އެމްއެމްޕީއާރުސީއާ ގުޅިގެން ޓީއެފްޖީ ގުޅިގެން މި ރެކޯޑު ރާއްޖޭގައި ހެދުމަށް ކެޕްރަލްއަށް މަގުފަހިކޮށްދިން އިރު، އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވަނީ މިފަދަ އިވެންޓުތައް ކުރިއަށް ގެންދިއުމަކީ ދުނިޔޭގައި ވަރަށް މަޝްހޫރުކަމެއް ކަމަށާއި ރެކޯޑު ހެދުމުން އެކަން ދުނިޔޭގެ ސަމާލުކަމަށް އައިސް ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެކަމަށެވެ.

ކެޕްރަލް އައްޑޫގައި ދުނިޔޭގެ ރެކޯޑެއް ހަދާފައިވާ އިރު، އޭނާ މާލޭގައި އިތުރު ރެކޯޑެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ހުއްޓާ ނުލާ ތިން ބޯޅަ އުކަމުން އެއް ގަޑިއިރު ވަންދެން ސިޑިއަކުން އަރައި ފޭބުމުގެ ރެކޯޑެވެ. މި ރެކޯޑު ހަދަން ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު މާލޭ ސަލްޓަންޕާކުގައެވެ.

ކެޕްރަލް ބުނި ގޮތުގައި އޭނާ މާލޭގައި ހަދަން ގަސްތު ކުރާ ރިކޯޑަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާއަށް އެރުމާއި ހަމަހަމަ ވާނެ ރެކޯޑެކެވެ. ސަބަބަކީ އޭނާ ޖޮގުލް ކުރަމުން ގަޑިއިރެއްގެ ތެރޭގައި މަދުވެގެން 3،000 ފިޔަވަޅު އެޅިގެންދާނެތީ އެވެ.

މީގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާއްޖެއިން ވަނީ އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ފްރީޑައިވްކުރުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފައެވެ. މީގެ ކުރިން އިޓަލީއިން 280 މީހުންނާއެކު ހެދި ރެކޯޑު ރާއްޖެއިން މުގުރާލީ 520 ބައިވެރިންނާއެކުއެވެ.

comment ކޮމެންޓް