މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ އެ އަންހެން މީހާއާ މެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގާފައި ވަނީ ފޮޓޯތަކެއް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ކަމަށެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ ރޭ މާފަންނު ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

comment ކޮމެންޓް