އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެ

އައިޖީއެމްއެޗް: އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ވަނީ މަރުވެފައި-- ސަން ފައިލް ފޮޓޯ

މިދިޔަ ސެޕްޓެމްބަރު މަހު އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ، ފަރުވާ ދެމުން ދިޔަ މީހާ މަރުވެއްޖެއެވެ.

އައްޑޫ މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ހާދިސާގައި އަނިޔާވީ 55 އަަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްކަމުން ފަހުން މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދިޔައެވެ.

އައިޖީއެމްއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މަރުވީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މަރުވި މީހާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އައިސީޔޫގައި ހޭ ނާރާވެސް އޮތެވެ. މިދިޔަ އާދިއްތަ ދުވަހު އޭނާ ހޭއެރި ކަމަށާއި، އެހެން ނަމަވެސް އޭގެ ފަހުން މިއަދާ ހަމައަށްވެސް އޭނާއަށް ފަރުވާ ދެމުންގެންދިޔައީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޖުން ބުންޏެވެ.

އެ ހާދިސާގައި އެކްސިޑެންޓްވި އަނެއް ސައިކަލު ދުއްވަން އިން މީހާ އެ ސަރަހައްދު ދޫކޮށް ފިލި ނަމަވެސް ފަހުން ހޮސްޕިޓަލަށް ފަރުވާއަށް އައުމުން އޭނާ ހައްޔަރުކުރިއެވެ.

comment ކޮމެންޓް