ސިންދިތާގެ ދެ ތިޖޫރި ފަޅާލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ސިންދިތާ އޮފީހުގެ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ސިންދިތާ އޮފީހުގެ ތިޖޫރީތައް ހަލާކު ކޮށްލައިގެން 30،000 ރުފިޔާ އާއި 4700 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ.

ވަގަށް ނެގި ޖުމްލަ ފައިސާގެ އަދަދު 102،474 ދިވެހި ރުފިޔާއަށް އަރައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 09:07 ހާއިރު އެވެ. މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް