ރެޕިޑް ފަޔާ: ނުޒޫގެ ބަކެޓްލިސްޓުގައި ދެން އޮތީ މީހަކާ އިނުން!

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ޓޮޕް ލިސްޓުގެ އެންމެ މަތިން ގުނާލެވޭ ހުނަރުވެރި ތަަރިއަކަށް ނުޒުހަތު ޝުއައިބު ވެއްޖެއެވެ.

ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައިވާ ނުޒޫ އެންމެ ފަހުން ފެނުނީ އިލްޔާސް ވަހީދު (އިއްލެ)ގެ "ބަވަތި" އިންނެވެ. ފިލްމުގައި ނުޒޫގެ ކެރެކްޓާއަށް އެންމެންގެ ލޯބި ލިބުނެވެ. ނުޒޫ ކުރިއަރާފައިވާ މިންވަރު އެ ފިލްމު ބެލުމުން ހާމަވިއެވެ.

ކުރިއަށް ވެސް ނުޒޫގެ ގިނަ ޕްރޮޖެކްޓްތަކެއް ހުރިއިރު މިހާރު އޭނާ ކުރަމުން އަންނަނީ ވީމީޑިއާގެ ފީޗާ ފިލްމު "ކޮސް ގިނަ މިސްޓޭކް"ގައެވެ.

ބިޒީ ޝެޑިއުލުން ކުޑަ ނަމަވެސް ހުސް ވަގުތުކޮޅެއް ހުސްކޮށްލުމަށްފަހު ނުޒޫ ވަނީ "ސަން"އިން ގެނެސްދޭ ރެޕިޑް ފަޔާ ޗެލެންޖުގައި ބައިވެރިވެފައެވެ.

އެކަމަކު ފިލްމީ ދާއިރާ އެއްފަރާތްކޮށް، ނުޒޫގެ ދިރިއުޅުމުގެ ވާހަކައިގެ ތެރެއަށް ޖެހިލަމާހެއްޔެވެ. ނުޒޫގެ ބަކެޓްލިސްޓުގައި ހިމެނޭ ކޮންމެވެސް ކަމެއްގެ ވާހަކަ ކިޔައިދިނުމަށް އެދުމުން ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނީ "މިހާރު އޮތީ މީހަކާ އިނުން" ކަމަށެވެ.

އަދި އަންނަ އަހަރު ކައިވެނިކުރުމަށް އޭނާ ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

ޝޫޓިންތަކަށް ބަރާބަރު ގަޑިއަށް އަންނަ ނުޒޫގެ ދިރިއުޅުމާއި ބެހޭ ގޮތުން އިތުރު ގިނަ ވާހަކަތަކެއްވެސް ރެޕިޑް ފަޔާގައި އޭނާ ކިޔައިދިނެވެ. އަދި ފިލްމީދާއިރާއާ ގުޅޭ ގޮތުންވެސް އޭނާ ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ.

ނުޒޫއަށް ކުރި ސުވާލުތަކުގެ ޖަވާބު އޭނާ ދިނީ އޭނާގެ ސިގްނޭޗާ ފަރި ހިނިތުންވުމާއެކު، ވަރަށްވެސް ފުރިހަމަކަމާއެކުއެވެ. ދެން ވީޑިއޯ ބަލައިލާށެވެ.

comment ކޮމެންޓް