ވޯލްޑް ޓްރެވަލް އެވޯޑްގައި ރާއްޖެ ހަ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެ

މީގެ ކުރިން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން: ---- ފޮޓޯ/ އެމްއެމްޕީއާރުސީ

ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް "ވޯލްޑް ޓްރެވަލް އެވޯޑް" ގައި ރާއްޖެއިން ހަ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ އެވޯޑަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އެ އެވޯޑް 1993 ވަނަ އަހަރުން ފެށިގެން ދަނީ ދެމުންނެވެެ.

ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލްކުރާ ފަރާތްތައް ފާހަގަ ކުރުމުގެ ގޮތުން ދޭ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އަންނަ މަހު 28 ގައި އޮމާންގެ ރޯޔަލް އޮޕެރާ ހައުސް މަސްކެޓް ގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ބާރަ ސަރަޙައްދަކަށް ބަހާލައިގެން ދޭ އެ އެވޯޑްގެމުޅި ދުނިޔެއިން ހޮވާލެވޭ ބައިގެ ތަފާތު ކެޓަގަރީ ތަކަކަށް ރާއްޖެ ވަނީ ނޮމިނޭޓްވެފައެވެ. އެއީ

  • ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން،
  • ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން،
  • ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން،
  • ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން،
  • ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން،
  • ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑް، އަދި
  • ވޯލްޑްސް މޯސްޓް ރޮމައިންޓިކް ޑެސްޓިނޭޝަން އެވެ.

އެ އެވޯޑްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކެޓަގަރީ ކަމުގައިވާ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން ގައި ރާއްޖެ އާއި ވާދަ ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، ކޮސްޓާރިކާ، މޮރޮކޯ، މޮރިޝަސް އަދި ޖަމެއިކާ ހިމެނެއެެވެ.

comment ކޮމެންޓް