ނިއުޝާދު އެނބުރި އުރީދޫ އަށް

ނިއުޝާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާް

އުރީދޫ މޯލްޑިވްސް، ކުރީގެ ވަތަނިއްޔާގެ މާކެޓިންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ނިއުޝާދު ޝަރީފް އަނެއްކާވެސް އެކުންފުންޏާ ގުޅިއްޖެ އެވެ.

ނިއުޝާދު އުރީދޫ އަށް އަލުން ގުޅުމާ ގުޅިގެން އުރީދޫގެ މާކެޓިން އިން ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. ނިއުޝާދު އުރީދޫ އާއި ދުރުގައި ނުވަ އަހަރު ހުރުމަށްފަހު އަލުން އެކުންފުންޏާ ގުޅިފައިވަނީ އިއްޔެ އެވެ. އޭނާ މަސައްކަތް ކުރާނީ އެކުންފުނީގެ ބްރޭންޑިން އެންޑް މާކޮމް ހެޑްގެ ގޮތުގަ އެވެ.

ވަތަނިއްޔާ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ދިވެހިންނަށް ކަމުދާ ގިނަ އިޝްތިހާރުތަކެއް އުފެއްދި ނިއުޝާދު ވަނީ އެލައިޑް އިންޝުއަރެންސްގެ މާކެޓިން ހެޑްގެ ގޮތުގައިވެސް ހަތަރު އަހަރު މަސައްކަތްކޮށްފަ އެވެ.

އެލައިޑުގައި މަސައްކަތް ކުރި އިރުވެސް، މަގުބޫލު ގިނަ އިޝްތިހާރުތައް ނިއުޝާދުގެ މޭސްތިރިކަމުގައި ވަނީ ދިވެހިންނަށް ދޫކޮށްލައިފަ އެވެ.

އެލައިޑްގައި މަސައްކަތް ކުރުމުގެ ކުރިން ނިއުޝާދު ވަނީ ތިންކް އެޑްވަޓައިޒިންގައި ވެސް މަސައްކަތް ކޮށްފަ އެވެ.

comment ކޮމެންޓް