ދިރާގުގެ ސަބަބުން ލިބުނު ފަސޭހައެއް ބުނެލައިގެން އަގުހުރި އިނާމެއް

ދިރާގުގެ ސަބަބުން ދިރިއުޅުމަށް ލިބުނު ފަސޭހައެއް ސޯޝަލް މީޑިއާގައި ލިޔެލައިގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުގެ 31 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ދިރާގުގެ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުގައިވާ އެ ކުންފުނީގެ އަހަރީ ދުވަހުގެ ޕޯސްޓަށް #31WithDhiraagu މި ހޭޝްޓެގާއެކު ކޮމެންޓު ކޮށްލަންވީ އެވެ. ކޮމެންޓްގައި ހިމަނަން ޖެހޭނީ ދިރާގުގެ ސަބަބުން ދިރިއުޅުމަށް ގެނައި އުފާވެރިކަމާ ހެޔޮބަދަލުތަކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެލްޖީ 65 އިންޗީގެ 4ކޭ ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑްބާ އެއް ލިބޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ކުންފުންޏަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުން ކަމަށެވެ.

"ކަސްޓަމަރުން ދިރާގަށް ކެނޑިނޭޅި ދެމުންދާ އިތުބާރު އަޅުގަނޑުމެން ވަރަށް ހެޔޮ ހިތުން ބަލައިގަނެ ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ އިތުބާރު ހިފަހައްޓާ، ކަސްޓަމަރުންނަށް އަޅާލައި، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮތުމަށް" ސީއީއޯ ވިދާޅުވިއެވެ.

ދިރާގުގެ އަހަރީދުވަސް އެކުންފުނީގެ ރީޖަނަލް އައުޓްލެޓުތަކާއި ހެޑް އޮފީހުގައި އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އާ ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. އެގޮތުން މި އަހަރުގެ އެޕްރީލް މަހު ހައިސްޕީޑް ފައިބާ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފޯރުކޮށްދެމުން ދަނީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް