"ސަތިިޔަމޭވް ޖަޔަތޭ 2" ޕޯސްޓަރު ދައްކާލައިފި، ފިލްމު އަންނަ އަހަރު!

ފިލްމުގެ ޕޯސްޓަރު---

ބޮލީވުޑްގެ މަޝްހޫރު ބަތަލް ޖޯން އަބްރަހަމް ލީޑު ރޯލު ކުޅެ މިދިޔަ އަހަރު ރިލީޒްކުރި "ސަތެޔަމޭވް ޖަޔަތޭ"ގެ ދެ ވަނަ ބައި ހަދަން ނިންމައި އެ ފިލްމުގެ ދެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭ ހަބަރު މީގެ ކުރިން ވެސް ވަނީ ފެންމަތި ވެފަ އެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު އެ ފިލްމުގެ ދެވަނަ ބައިގެ ލީޑު ތަރި އަކީ ވެސް ފުރަތަމަ ބައިން ފެނުނު ޖޯން އަބްރަހަމެވެ.

އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ތާވަލްކޮށްފައިވާ އިރު ޖޯން ބުނީ ފުރަތަމަ ބައެކޭ އެއްގޮތަށް ދެ ވަނަ ބައި ވެސް ފުރިހަމަވާނެ ކަމަށެވެ. އަދި މިފަދަ ފިލްމެއް އަނެއްކާ ވެސް ގެނެސްދެވޭތީ ވަރަށް އުފާވެ ފިލްމަށް އުންމީދުކުރާ ކަމަށެވެ.

ނޯރާ ފަތެހީގެ ދިލްބަރު ލަވައަކީ ވެސް ސަތިޔަމޭވްގެ ލަވައެކެވެ. "ސަތިޔަމޭވް ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް