ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ އާ އިމާރާތެއް އަޅަނީ

ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ އާ އިމާރާރެއް އެޅުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރު ބުރީގެ އާ އިމާރާރެއް އެޅުމަށް ވީ އަވާާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެެވެ. އަދި ވީ އަވާގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފްއެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 8.1 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ ހަތަރު ބުރީގެ އާ އިމާރާތާއެކު އެ ސްކޫލުގެ ޖާގައިގެ ދަތިކަަަމަށް ހައްލެއް އަންނާނެ ކަމަށެވެ.

" މިހާރުވެސް 1300 އަށް ވުރެ ގިނަ ކުދިން ކިޔަވާ. އިިތުރު ހަރަކާތް ބާއްވަން ހަފްތާގައި އޮންނާނީ އެއްމެ ކްލާހެއް. ދެން އަންނަ އަހަރު ގްރޭޑް 9އެއްވެސް ފަށާގޮތަށް މިނިސްޓްރީން ވަނީ ނިންމާއިފައި" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ 2021 ވަނަ އަހަރު އެ ސްކޫލްގައި ގްރޭޑް 10 ފެށުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެ ސްކޫލުގައި މިހާރު ކިޔަވައިދެމުންދަނީ އެލްޖޭޖީއިން ފެށިގެން ގްރޭޑް އަށަކާ ހަމައަށެވެ.

comment ކޮމެންޓް