އުރަމަތީގެ ކެންސަރަށް ހާއްސަ ސްކްރީނިން ޕްރޮގްރާމެއް ޓްރީޓޮޕްއިން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރަމަތީގެ ކެންސަރަށް ހާއްސަ ސްކްރީނިން ޕްރޮގްރާމެއް ޓްރީޓޮޕް ހޮސްޕިޓަލްއިން ފަށައިފި އެވެ.

އެ ހޮސްޕިޓަލްއިން ބުނީ އެ ޕްރޮގްރާމް ބާއްވަނީ، މިމަހަކީ ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ މަހަށް ވާތީ ކަމަށެވެ.

ޓްރީ ޓޮޕްގެ ބިޒްނަސް ޑިވޮލޮޕްމަންޓް ޑިރެކްޓަރު އިބްތިޝާމާ އަހުމަދު ސައީދު "ސަން" އަށް ވިދާޅުވީ އެ ސްކްރީނިން ޕްރޮގްރާމްއިން އުރަމަތީގެ ކެންސަރު އެންމެ "އާލީ ސްޓޭޖާސް" ގައި ދެނެގަތުމަށްވެސް އެހީތެރިވެދޭނެ ކަމަށެވެ.

އެ ސްކްރީނިން ޕްރޮގްރާމްތައް ހުޅުވާލައިފައިވަނީ ޕެކޭޖެއްގެ ގޮތުގައި ކަމަށްވެސް އިބްތިޝާމާ ވިދާޅުވި އެވެ.

އެގޮތުން އަލްޓްރާ ސައުންޑް ސްކްރީންކޮށް ޑޮކްޓަރަށް ދެއްކުމަށް 835 ރުފިޔާ އަދި މެމޯގްރާމްއެއް ހަދާނަމަ އިތުރަށް 165 ރުފިޔާ ދައްކަން ޖެހެ އެވެ.

އެ ޕްރޮގްރާމްގައި އިސްކޮށް އުޅުއްވަނީ ޖެެނެރަލް ސާޖަރީގެ ހާއްސަ ޑޮކްޓަރު ޑރ. ނީޒާ ހަލީމް އާއި ރޭޑިއޮލޮޖީއަށް ހާއްސަ ޑޮކްޓަރު ޑރ. ނުޒުހަތު އައްބާސް އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމަށް 3351610 އަށް ގުޅަައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

comment ކޮމެންޓް