ޓީޗަރުންގެ ދުވަހަށް ޕިރަމިޑުން "ޓުޑޭސް ޓެސްޓް" ސައިގެ ހާއްސަ ޕްރޮމޯޝަނެއް

ޓުޑޭސް ޓޭސްޓުގެ ހަތް ފްލޭވާގެ ސައިފަތް ހިމެނޭ ގިފްޓު ޕެކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓީޗަރުންގެ ދުވަހާ ދިމާކޮށް ޕިރަމިޑުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޕިރަމިޑުން ވިއްކާ ޓުޑޭސް ޓޭސްޓުގެ ހަތް ފްލޭވާގެ ސައިފަތް ހިމެނޭ ގިފްޓު ޕެކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ.

ޓުޑޭސް ޓޭސްޓުގެ ހަތް ފްލޭވާގެ ސައިފަތް ހިމެނޭ ގިފްޓު ޕެކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭގެ ތެރޭގައި ހިމެނެނީ "ބްލެކް ޓީ ލެމަން"، "ބްލެކް ޓީ ސިނަމަން"، "ބްލެކް ޓީ ޖިންޖާ"، "ބްލެކް ޓީ ޖޭސްމިން"، "ގްރީން ޓީ ޖޭސްމިން"، "ޕިއޯ ގްރީން ޓީ" އަދި "މަސާލާ"އެވެ.

ޕިރަމިޑުން ބުނީ ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ޓީޗަރުންނަށް ހަދިޔާ އެއް ދޭން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ. ޓުޑޭސް ޓޭސްޓުގެ ޕްރޮމޯޝަން މި މަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް ޕިރަމިޑުން ބުންޏެވެ.

ޓުޑޭސް ޓޭސްޓްއަކީ ސްރީލަންކާގެ ޓީބޯޑްއިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި މިއީ ހީރަސް ނުޖަހައި ހުންނަ ސައިފަތް ޕެކެޓުތަކެވެ.

ޓުޑޭސް ޓޭސްޓުގެ ހަތް ފްލޭވާގެ ސައިފަތް ހިމެނޭ ގިފްޓު ޕެކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިންގެ ރަހަތަކާ ގުޅޭ މި ސައިފަތް ޕެކެޓުގައި ސައި ތައްޔާރުކުރާނެ ގޮތް ލިޔެފައި ވެސް ހުންނާނެއެވެ.

comment ކޮމެންޓް