ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ހާއްސަ ޖާނަލްއެއް ނެރެފި

މޯލްޑިވްސް އިކޮނޮމިކް ރިވިއު ޖާނަލް ނެރުން-- ފޮޓޯ:

ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ހާއްސަ ޖާނަލްއެއް ނެރެފި އެވެ.

"މޯލްޑިވްސް އިކޮނޮމިކް ރިވިއު" ނަމުގައި ނެރުނު ޖާނަލް ނެރުމަށް ގައުމީ ޔުނިވާސިޓީގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެ ޖާނަލް ނެރެދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

މިއީ އިގްތިސާދީ ދާއިރާގެ ދެ ތަޖުރިބާކާރުން ކަމަށްވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ފައިނޭޝަނަލް އިންޓިލިޖެންސް ހެޑް، އާތިފް ޝަކޫރު އާއި ކުރީގެ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބް އިސްނަންގަވައިގެން ނެރުއްވި ޖާނަލްއެކެެވެ.

އެ ޖާނަލްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ މިއީ 20 އަހަރު ކުރިއްސުރެ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އިގްތިސޯދާ ވިޔަފާރީގެ ދާއިރާއިން އެނެލެޓިކަލް ހިސާބުގެ މައްޗަށް ދިރާސާ ކުރެނެވި އާޓިކަލްސްތަކެއް ޕަބްލިޝްކުރުން. އެކެއް ފެބްރުއަރީގައި އެންމެ ފުރަތަމަ ވެބްސައިޓްގައި އެއްޗެއް މި ޝާއިއުކުރެވުނީ. އޭގެ ފަހުން ފުދޭވަރަކަށް އާޓިކަލްސް ވިޔަފާރީގެ ރޮނގުން. އެސްއޯއީސް ހަރުދަނާ ކުރުމުގެ ގޮތުން ގެސްޓް ހައުސް އިންޑަސްޓްރީއާ ބެހޭ ގޮތުން އެކްސްޗޭންޖު ރޭޓާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އާޓިކަލްސް ޕަބްލިޝްކުރެވިއްޖެ." އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ގަވައިދުން ވެބްސައިޓްގައި ޖާނަލް އާޓިކަލް ޕަބްލިޝްކުރުމުގެ އިތުރުން އަހަރަކު ހަތަރު ފަހަރު ޖާނަލް ޕަބްލިޝްކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އެ ޖާނަލް "އެމްވީއާރު.އެމްވީ" އިން މިހާރު ޑައުންލޯޑް ވެސް ކުރެވެ އެވެ.

comment ކޮމެންޓް