11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

11 ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރަން ހަވާލުކުރުން --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 11 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރަން ތިން ކުންފުންޏަކާ އެކު މިއަދު ޕްލޭނިން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މަޝްރޫއުތައް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ސްޓެޓިކް ކޮމްޕެނީ އާ ހަވާލުކޮށްފައި ވަނީ ށ. ނަރުދޫ، ށ. މާއުނގޫދޫ އަދި ނ. ޅޮހީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށާއި ނ. ހޮޅުދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށެވެ. މި ހަތަރު މަޝްރޫރު ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް 91،462،310 ރުފިޔާއަށެވެ.

  • ނަރުދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް 25,540,674.44 ރުފިޔާ ހަރަދުވާނެ
  • މާއުނގޫދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް 24,960,092.94 ރުފިޔާ ހަރަދުވާނެ
  • ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 24,948,937.34 ރުފިޔާ ހަރަދުވާނެ
  • ހޮޅުދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް 16,012,607.87 ރުފިޔާ ހަރަދުވާނެ

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ ކ. ގުޅި، ފ. މަގޫދޫ އަދި ރ. އިނގުރައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ލ. މާވަށުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށެވެ. އެ ހަތަރު މަޝްރޫއުގެ ޖުމްލަ އަގު 113،553،137 ރުފިޔާއަށް އަރައެވެ.

  • ގުޅި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 26,977,478.06 ރުފިޔާ ހަރަދުވާނެ
  • މަގޫދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 31,496,840.00 ރުފިޔާ ހަރަދުވާނެ
  • އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 33,995,525.00 ރުފިޔާ ހަރަދުވާނެ
  • މާވަށުގެ ފެނުގެ ނިޒާމް ނިޒާމް ގާއިމްކުރުމަށް 21,083,294.00 ރުފިޔާ ހަރަދުވާނެ

ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފައި ވަނީ ހއ. ފިއްލަދޫ އަދި ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ހދ. ނައިވާދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށެވެ. މި ތިން ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 64،133،076 ރުފިޔާއެވެ.

  • ފިއްލަދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 27,399,074.70 ރުފިޔާ ހަރަދުވާނެ
  • ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 21,335,698.01 ރުފިޔާ ހަރަދުވާނެ
  • ނައިވާދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް 15,398,304.77 ރުފިޔާ ހަރަދުވާނެ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މަޝްރޫއުތަކުގެ ދަށުން ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި މި ރަށްތަކުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމު ކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

comment ކޮމެންޓް