ދުނިޔޭގެ ހިތުގެ ދުވަހު ސްޓެލްކޯއިން ކަސްޓަމަރުންނަށް މޭވާ!

ހިތުގެ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯއިން ކަސްޓަމަރުންނަށް މޭވާ ހަދިޔާ ކުރަނީ --- ފޮޓޯ : ސްޓެލްކޯ

ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯ އިން ކަސްޓަމަރުންނަށް މިއަދު މޭވާ ހަދިޔާކޮށްފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ސްޓެލްކޯ އިން ދަނީ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ދުނިޔޭގެ ހިތުގެ ދުވަހަކީ 29 ސެޕްޓެމްބަރެވެ.

ސްޓެލްކޯ އިން ބުނީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއަށްދާ ކަސްޓަމަރުންނަށް ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ހަދިޔާއެއްގެ ގޮތުގައި ދޭނެ ކަމަށެވެ.

އެގޮތުން އާފަލާއި އޮރެންޖް ފަދަ ސިއްހަތަށް ފައިދާ ހުރި މޭވާ މިއަދު ކަސްޓަމަރުންނަށް ހަދިޔާކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން ސިއްހަތަށް ރަނގަޅު އާދަތަކާއި ގޮތްތައް ޕްރޮމޯޓުކުރުމަށް މަސައްކަތްކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން ގިނައިން ކަސްރަތުކުރުމާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ބާރުއަޅައި އެފަދަ އާދަތައް ޕްރޮމޯޓުކުރުމަކީ މުހިއްމު ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

comment ކޮމެންޓް