އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރުގެ މަގާމަށް އާސިފް އައްޔަނުކޮށްފި

އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރުކމަށް އައްޔަނުކުރެއްވި އާސިފްއަށް ލިޔުން ހަވާލުކުރަނީ--- ފޮޓޯ: ހޯމް މިނިސްޓްރީ

އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރުގެ މަގާމަށް މުހައްމަދު އާސިފް އައްޔަނުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މުހައްމަދު އާސިފްއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މިއީ އެސިސްޓެންޓް ޕްރިޒަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިންވެސް އެ މަގާމު އޮވެއެވެ.

އާސިފް މީގެ ކުރިން ހުންނެވީ ކަރެކްޝަނަލް ސާވިސާސްގެ ސުޕްރިންޑެންޓެއްގެ މަގާމުގައެވެ.

ނިމިގެން ދިޔަ ސަރުކާރުގައި މިދޔަ އަހަރު ޖުލައި މަހު އާސިފް ވަނީ އެދެ މަގާމުންވެސް ވަކިކޮށްފައެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު އޭނާ ކުރިންވެސް ހުރި ސުޕްރިންޑެންޓްގެ މަގާމަށް އަލުން ރުޖޫއަކުރިއެވެ.

comment ކޮމެންޓް