ޓޫރިޒަމް ދުވަހު އުރީދޫ އިން ބެހީ ބޮނޑި

އުރީދޫ އިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން -- ފޮޓޯ: އުރީދޫ

ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރަމުންދާއިރު މި ހަރަކާތުގައި އުރީދޫ މޯލްޑިވްސް އިން ވެސް ތަފާތު ގޮތަކަށް ބައިވެރިވެއްޖެ އެވެ.

ހުޅުލޭގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ މުވައްޒަފުން މިއަދު އޮފީހަށް ނިކުތީ ދިވެހި ހެދުމުގަ އެވެ. ކަސްޓަމަރުންނަށް ހަދިޔާ އަކަށް ދިވެހި ފޮނި ކާއެއްޗެއް ކަމަށްވާ ބޮނޑި ވެސް ވަނީ ބަހައިފަ އެވެ.

އުރީދޫ އިން ބުނީ މި އަހަރުގެ ޓޫރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާއިރު އުރީދޫ އިން ވެސް ތަފާތުކޮށް މި ހަރަކާތުގައި ބައިވެރިވީ ކަމަށެވެ.

"މިއަދު ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަ ތަޖުރިބާއެއް ދިނުމުގެ ގޮތުން ހުޅުލޭ އެކްސްޕީރިއަންސް ސެންޓަރުން މިހަރަކާތް ކުރިއަށް ގެންދިޔައީ،" ، އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ވިދާޅުވި އެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ނުވަ ދުވަހުގެ ހަރަކާތްތަކުގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް އުރީދޫ އެވެ.

comment ކޮމެންޓް