ތަފާތު ދެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅި އަތުލައިގަނެ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 8:50 އެހާކަންހާއިރު ހިނގި ހާދިސާގައި ހުޅުމާލެ ލަކުޑި ޖެޓީއަކަށް ކައިރި ކުރި ޑިންގީއަކުން ގެނައި އެއްޗެތިތަކެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ ހަ ފުޅި ފެނުނު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ 42 އަހަރުގެ ދެ ފިރިހެނުން ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަތުލައި ބަނގުރާ ފުޅިތަކެއް-- ފޮޓޯ: ފުލުހުން
ރޭ އެހެން ހާދިސާއެއްގައި، 9:20 އެހާއިރު ހެންވޭރުގައި ފަޅަށް ހުރި ގެއަކުން 12 ފުޅި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަތައް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.