ވަޒީފާގެ ބިރު ނުދައްކަން، ފަރުވާކުނޑަނަމަ ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

ޓރްނާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: އެ މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށް ބުނެ އެތަނުގެ 46 މުވައްޒަފެއްގެ ސޮއިއާއެކު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެކަން މީޑިއާއަށް ތިލަވުމާއެކު މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން "އަމަލު" ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ. އެހެން ނަމަވެސް ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނަސޭހަތެއް ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައި ނުވާކަން ސިޓީގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް