އިންޑިއާ ކަޝްމީރުގައި 50،000 ފައްޅި އަޅަން ވިސްނަނީ

އިންޑިއާ ސިފައިން ކަޝްމީރުގައި ހަރަކާތްތެރިވަނީ--

އިންޑިއާއިން ކަޝްމީރުގައި 50،000 ފައްޅި އަޅަން ވިސްނަމުންދާ ކަަމަށް ބުނެފި އެވެ.

އިންޑިއާގެ ސަރުކާރުން ބުނީ ކަޝްމީރުގައި 50،000 ފައްޅި ފާއިތުވި އަހަރުތަކުގައި ބަންދުކޮށްފައިވާ ކަމަށާއި އެތަންތަން ސާވޭކޮށް އަލުން ހުޅުވާނެ ކަަމަށެވެ.

ކަޝްމީރަކީ އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓެވެ. އެތަނުގައި އެހާ ގިނަ ފައްޅި ހުރެދާނެތޯ ގިނަ ބަޔަކު މިހާރުވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޖީ ކިޝަން ރެޑީ ވަނީ އެހާ ގިނަ އަދަދެއްގެ ފައްޅި ހުރިކަން ތަކުރާރުކުރައްވައިފައެވެ.

ފައްޅިތައް އަޅަން ސާވޭ ކުރާކަން އިއުލާންކުރިއިރު މިހާރުވެސް ހިންދުޏްގެ ބޮޑު ފައްޅިިއް ކަޝްމީރުގައި ހުރެއެވެ. އަދި އެތަނަށް ގިަނ އަދަދެއްގެ ހިންދޫން ޒިޔާރަތްކުރާއިރު އެ މީހުން ސަލާމަތަށް ކަމަށް ބުނެ މަހަކަށް ވުރެ ގިނަ ދުވަސްތަކެއް ވަންދެން ކަޝްމީރުގެ ބައެއް މަގުތައް ބަންދުވެސް ކުރެއެވެ. އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް ކަޝްމީރުގެ ރައްޔިތުންނަށް ވަރށް ބޮޑަށް ނުރުހުން ފާޅުކުރެއެވެ.

ދާދި ފަހުން އިންޑިއާއިން ވަނީ ކަޝްމީރަށް ކުރިން ދީފައި އޮންނަ ހާއްސަ އިމްތިޔާޒް ނުވަތަ 'އޮޓޯނަމީ" އުވާލައި އެ ސްޓޭޓް ދެބައިކޮށް މައި ސަރުކާރުގެ ދަށަށް ގެނެސްފައެވެ. ކަޝްމީރުގެ ރައްޔިތުން އެކަމާ ދެކޮޅާށް ބޮޑު މުޒާހަރާތައް ފަށައިފައިވާއިރު ސްޓޭޓްގައި އިންޑިއާއިން ދަނީ އިންސާނީ ޖަރީމާތައް އެތަނުގައި ހިންގަމުންނެވެ.

ދާދި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ ކަޝްމީރުގެ މައްސަލައިގައި ދޫނުދެއްވާނެކަން ހާމަކުރައްވައިފައެވެ. އިމްރާން ހާން އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ސިފަކުރައްވައިފައިވަނީ އެޑޮލްފް ހިޓްލަރުގެ ނާޒީ ފިކުރުގެ ބައެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް