ދެފަރާތެއްގެ ރެމިޓެންސް އަދި މަނީޗޭންޖާ ލައިސަންސް ހިފަހައްޓައިފި

އެމްއެމްއޭ އިމާރާތް

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެފަރާތަކަށް ދޫކޮށްފައިވާ ރެމިޓެންސް އަދި މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓައިފި އެވެ.

އެމްއެމްއޭ އިން ބުނީ ބަނޑަހަ ފައިނޭންޝަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓެންސް ލައިސަންސާއި ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.

ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑުން ޗާންދަނީ މަގު އެމްއެފް ބިލްޑިން އަދި ހ. ގަލަދުންގޭގައި ރެމިޓެންސްގެ ވިޔަފާރި ކުރެ އެވެ.

ބަނޑަހަކެފޭ މަނީޗޭންޖާގެ ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެމްއެފް ބިލްޑިން ގްރައުންޑް ފްލޯގަ އެވެ.

އެމްއެމްއޭ އިން ބުނީ އެ ދެ ވިޔަފާރިއަށް ދޫކޮށްފައިވާ ލައިސަންސް ސަސްޕެންޑު ކުރީ އިތުރަށް ބަލަންޖެހޭ ކަންތައް ހުރުމުގެ ސަބަބުން އެކަމާ ގުޅޭ ތަހުގީގެއް އެ އިދާރާއިން ކުރާތީ ކަމަށެވެ.

ރެމިޓެންސް ލައިސަންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެމްއެމްއޭ އިން އާންމުކޮށްފައިވާ ރެމިޓެންސް ގަވައިދުގައިވާގޮތުން ހަރުދަނާ ނޫން ގޮތެއްގައި ވިޔަފާރި ހިންގާނަމަ ރެމިޓެންސް ލައިސަންސް ހިފެހެއްޓި ދާނެ އެވެ.

comment ކޮމެންޓް