ބޮޑު އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބީއެމްއެލްގައި އެކައުންޓެއް ހުޅުވައިފި

އިމަޖެންސީ ސެންޓަރު ތެރެއިން: 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވި -- ފޮޓޯ/ މިނިސްޓްރީ

ބޮޑު އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ބީއެމްއެލްގައި ރުފިޔާ އެކައުންޓެއް ހުޅުވައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން "ސަން" އަށް މިއަދު ވިދާޅުވީ އެ އެކައުންޓް ބީއެމްއެލްގައި ހުޅުވީ އިއްޔެ ކަމަށެވެ.

އަދި އިއްޔެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް 150،000 އަށް ވުރެ ގިނަ ފައިސާ ޖަމާވެފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މިހާރަކަށް އައިސް ފޭސްބުކްގައި އެ އޮތޯރިޓީގެ ނަމުގައި އޮޅުވާލައިގެން އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ކަމަށް ބުނެ، ފައިސާ ހޯދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި އެފަދަ ކަންތައްތައް ސަމާލުވުމަށް ވެސް ހިސާން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ރިލީފް އެކައުންޓަން ފައިސާ ދިނުމަށް

އެކައުންޓް ނަން: 20 September Male' fire relief account

އެކައުންޓް ނަންބަރު: 7730000284246

comment ކޮމެންޓް