ކުއްލި އަކަށް މަޑު ކުރުމުން ހައިވޭގައި ތިން ކާރު އެކްސިޑެންޓް ވެއްޖެ

ހައިވޭގައި ތިން ކާރެއް ޖެހި އެކްސިޑެންޓް ވެފައި ----

މާލެ އިން ހުޅުމާލެ އަށް ދިޔަ ކާރެއް ހައިވޭގައި ކުއްލި އަކަށް މަޑު ކުރުން ފަހަތުން އައި ދެ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 14:15 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ، ފުރަތަމަ ކާރު ކުއްލި އަކަށް މަޑު ކުރީ، ހައިވޭގައި މަސައްކަތް ކުރުމަށް ބަހައްޓާފައި ހުރި ކޯނެއް ވަޔާ ވިއްސައިގެން އެ ކާރާއި ދިމާއަށް އައުމުން ކަމަށެވެ. އަދި އެ ކާރު ކުއްލި އަކަށް މަޑު ކުރުމުން ފަހަތުން އައި ދެ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓް ހިނގި ފޮޓޯ އިން ފެންނަ ގޮތުގައި ތިން ކާރަކީ ވެސް ޓެކްސީ ކުރާ ތިން ކާރެވެ. އަދި ތިން ކާރު ދުއްވަން ތިބި ޑްރައިވަރުން އަތުގައި ލައިސެންސް އޮންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވާލުމަށް ހަދާފައިވާ 'ސިނަމާލެ' ބްރިޖު ހުޅުވި ފަހުން އަހަރެއްހާ ދުވަސް ވެފައިވީ ނަމަވެސް ބްރިޖް އަދި ހައިވޭގައި ވެސް މަސައްކަތް ކުރަމުން އާދެ އެވެ.

comment ކޮމެންޓް