ލައިންގެ ހުރި ޖީންސުން ޑްރަގް ފެނުމުން އުމުރަށް ޖަލަށް

ކެނަބިސްތަކެއް --

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވި މީހަކު ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައި ވަނީ، 2012ގެ އޮކްޓޫބަރު ނުވަ ވަނަ ދުވަހު އެހެން މީހަކާ އެކު އޭނާ ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފަހައްޓައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖީންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން ފެނުނު ހުދުކުލައިގެ ސިޓީ އުރައެއްގެ ތެރެއިން މަސްތުވާތަކެތި ހުރި ފަސް ރަބަރު ޕެކެޓު ފެނުނު މައްސަލައިގަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އޭނާގެ ޖީބުން ފެނުނު ފަސް ރަބަރު ޕެކެޓުގައި ޖުމްލަ 65.0151 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

އަދި އެތަކެއްޗަކީ އޭނާގެ އަތުން ފެނުނު އޭނާގެ ތަކެތިކަން މައްސަލައިގައި ހުށަހަޅައިފައިވާ ހެކިންގެ ހެކިބަހުންނާއި ވަށައިގެންވާ ކަންކަމަށް ބެލުމުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ކުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް