ކޮމިޔުނިކޭޝަން މިނިސްޓްރީގެ ނައިބަކަށް ޝާތިރު

ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަނުކުރި މުހައްމަދު ޝާތިރު -- ސަން ފައިލް ފޮޓޯ

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީގެ ނައިބަކަށް ތ. ހިރިލަންދޫ ތިރިންގަލި މުހައްމަދު ޝާތިރު އައްޔަނު ކުރައްވައިފިއެވެ.

ޝާތިރު މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިއަދުއެވެ. ޝާތިރު މީގެ ކުރިން ހުންނެވީ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

ޝާތިރަކީ މީގެ ކުރިން ދިވެހިރާއްޖޭގެ އަޑުގެ ސީނިއަ އެޑިޓަރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ނޫސްވެރިކަމާ ގުޅޭ އެކި ތަމްރީނުތައް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެ ދާއިރާގެ އެކި މަގާމުތައް އޭނާ ވަނީ އަދާކުރައްވައިފައެވެ.

އިތުރުން މުޙައްމަދު ޝާތިރަކީ ތާރީހު ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 2017 ވަނަ އަހަރު، ދިވެހި ތާރީހުގެ ދާއިރާއިން، ދިވެހި ތާރީހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ޝާތިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތަޢުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައެވެ.

ޝަތިރާއެކު ކޮމިޔުނިކޭޝަން މިނިސްޓްރީގައި މިހާރު ތިން ނައިބުން ތިއްބަވާނެއެވެ.

comment ކޮމެންޓް