ސީޒަންގެ "އަނދިރިކަން" އަންނަ މަހު ވެރިވަނީ!

ފިލްމުގެ ޕޯސްޓަރެއް---

މަގްބޫލު ފިލްމީ ތަރި އަލީ ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ)ގެ ކުރިއަށް އޮތް ފިލްމު "އަނދިރިކަން" އަންނަ މަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރިއިރު ފިލްމުގެ ޓީޒާއެއްވެސް ވަނީ ދައްކާލާފައެވެ. އަނދިރިކަން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ އަންނަ މަހުގެ 22 ވަނަ ދުވަހުގައެވެ.

"އަނދިރިކަން" އެ ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ ޝަކީލާ، ޒީނަތު އަދި ސައީދެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ އެ ފިލްމަކީ އާއިލީ ޑްރާމާ އެކެވެ.

ފިލްމު ޑައިރެކްޓް ކުރަނީ ސީޒަން އެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ.

ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ "ވަފާތެރި ކެހިވެރިޔާ" އެވެ.

comment ކޮމެންޓް