Last Updated: 4 year 6 month ago

ބޮޑު އަލިފާން: ހަތް އިމާރާތެއް ރޯވެ، އެއް މަރު

  • ފުރަތަމަ އަލިފާން ހިފީ ކެމިކަލް ގުދަނެއްގައި
  • އަލިފާން ކޮންޓްރޯލްވީ ހަތަރު ގަޑިއިރު ފަހުން
  • 100 އެއްހާ މީހަކު ހާލުގައި ޖެހުނު
ބުލޮގު ޚުލާސާ

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރި އެ ތަންތަނަށް ވަނީ އެކީހެން އަނދާފައި. އެ އަލިފާންގަނޑު ހަތަރު ގަޑިއިރު ފަހުން ކޮންޓްރޯލްވިއިރު 49 އަހަރުގެ އަންހެނަކު ވަނީ މަރުވެފައި.

މީގެ އިތުރުން ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް އޭޑީކޭގައި ފަރުވާދިން އިރު، ހާލުގައި ޖެހުނު މީހުންނަށް ކަލާފާނު ސްކޫލްގައި ވަނީ ރިލީފް ސެންޓަރެއް ހުޅުވާފައި. އެ ތަނުގައި 100 އެއްހާ މީހުން އެބަތިބި.

މިއީ މިފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ.

10:01

މާރިޔާ މީޑިއާތަކަށް މައުލޫމާތު ދެއްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މީޑިއާތަކާ ބައްދަލު ކުރައްވާ ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައި ފަހުން މާލޭގައި ހުރި ގުދަންތައް ބަލާފައިވާނެ ކަމަށް. އެގޮތުން، 126 ގުދަން ޗެކްކުރި އިރު، އޭގެ ތެރެއިން 80 އެއްހާ ގުދަން ހުރީ މީހުން ދިރިއުޅޭ ހިސާބުގައި ނަމަވެސް، އެ ހުރިހާ ތަނެއް އަބަދު ބަލަން ވަސީލަތް ނެތް ކަމަށް ވިދާޅުވި. މާރިޔާ ފާހަގަ ކުރެއްވި ގޮތުގައި، މާލޭގައި ގުދަން ކުރަން ހުއްދަދެނީ ތިނަރާއި ކުލަ އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލް.

03:01

ޝައުނާގެ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށް ފަހު

ޝައުނާގެ ކަށު ނަމާދު ބާއްވާނީ، މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި. އަދި މިރޭ އޭނާގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.

02:29

ކެބިނެޓްގެ ކުއްލި ބައްދަލުވުން ބާއްވައިފި

މި ހާދިސާއާ ގުޅިގެން ކެބިނެޓުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ، ހާޅުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް އެހީވުމަށް ފިނޭންސުން ފައިސާ ހަމަޖެއްސުމަށާއި މާލޭގެ މީހުން އުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލް ގުދަންތައް މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލު ކުރަން ޕްލޭނެއް އެކުލަވާލުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވި.

https://sun.mv/124645

02:24

ނިޔާވި ޝައުނާގެ ޖަނާޒާ އާސަހަރާގައި

މިރޭގެ ބޮޑު އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ޖަނާޒާގެ ކަންކަން އާސަހަރާގައި ކުރިއަށް އެބަދޭ. ޝައުނާގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ސަރުކާރުގެ އިސްވެރިން އަންނަނީ އާ ސަހަރާއަށް ޖަމާވަމުން. އަދި ގިނަ ބަޔަކު ވެސް އާސަހަރާއަށް ވަނީ ޖަމާވެފައި.

ސިފައިން ބުނީ، ކާކަން ދެނެގަންނަން ވެސް އުނދަގޫވާ ވަރަށް ޝައުނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް.

01:57

ފުރަތަމަރޯވީ، ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި

ސިފައިން ދާދި ދެންމެއަކު ބުނީ، އެންމެ ފުރަތަމަ އަލިފާން ރޯވީ، އަބަދަށްފަހި މަގުގައި ހުރި ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ކަމަށް. އަދި އެ އަލިފާންގަނޑު އެ ގޭގެ ފަހަތުގައި ހުރި ބައެއް ގޭގެއަށް ފެތުރުނު އިރު އެ ގޭގެ ކުރިމަތިން އަބަދަށްފެހި މަގުގައި ހުރި އެހެން ގެއެއްގައި ވެސް ރޯވެ ބޮޑެތި ގެއްލުންތައްވި.

ސިފައިން ނޫސްވެރިންނާ ބައްދަލުކޮށް ބުނީ ހަތަރު ކެމިކަލް ގުދަނެއްގައި ރޯވި ކަމަށް. އަދި އޭގެ އިތުރުން އާންމުން ދިރިއުޅެމުން ދިޔަ ހަ ގެއަކަށް ގެއްލުންވި ކަމަށް ވެސް ސިފައިން ބުނި.

00:59

ހަތަރު ކެމިކަލް ގުދަނާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކުރި

00:57

މިރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ދޭ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

"ގޯޅި ތެރޭގައި ގިނަ އަދަދެއްގައި ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުން އަލިފާން ނިއްވާ ވެހިކަލްތަކަށް ގޯލިތެރެއަސް ނުވަދެވި ހުރަސްތަކެއް ކުރިމަތިވި" އެމްއެންޑީއެފް

00:38

ގެއްލިގެން ހޯދަމުން ދިޔަ އައިޝަތު ޝައުނާ، ތ ބުރުނީ ނިޔާވެފައި އޮއްވާ ފެނިއްޖެ

https://sun.mv/124644

23:27

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ތިބި ކަލާފާނު ސުކޫލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޒިޔާރަތްކުރައްވާފަ

23:21 މުއާވިޔަތު އަންވަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ހެންވޭރުގެ ބައެއް ހިސާބުތަކުން ވަނީ ވަގުތީ ގޮތުން ކަރަންޓް ކަނޑާލާފައި. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަރަންޓް ކަނޑާލި ނަމަވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަލުން ކަރަންޓް ދިނުމުގެ މަސައްތަ ކުރަމުން އަންނަ ކަމަށް ސްޓްލްކޯ އިން ވަނީ ބުނެފައި

23:08

ގެއްލިގެން ހޯދަމުން ދަނީ ތ.ބުރުނީ، އައިޝަތު ޝައުނާ 49 އަހަރު ކަމަށް މައުލޫމާތު ލިބިފައިވޭ

އައިޝަތު ޝައުނާ 49
23:04
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު --
23:04 މުއާވިޔަތު އަންވަރު

"ހިސާބުގަނޑުގެ ގޭގޭގެ ހުރިހާ މީހުން ގާތްގަޑަކަށް އެވެކުއޭޓް ކުރެވިއްޖެ. ނަމަވެސް އެންމެ މީހެއް އަދި އެބައުޅޭ ވީ ނުވީއެއް ނޭންގޭ. ތިން ފަހަރު ހަތަރު ފަހަރު ވެސް އެ އިމާރާތައް އަރާ ބަލައިފި އަދި އެތެރެއަކުން މީހަކު ނުފެނޭ. އެހެންވީމަ އަދި މުޅިން ޔަގީން ނުވާ އެންމެ މީހަކު އެބައުޅޭ. އެހެން ހުރިހާ މީހުން މިހާރު ވަނީ ސަލާމަތް ކުރެވިފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

22:58

އެމްއެންޑީއެފުން ބުނީ ހަތް އިމާރާތަކަށް އަލިފާންގެ ގެއްލުންވެފައިވާ ކަމަށް

22:56

ރައީސް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި

ޒަހަމުވި މީހުންގެ ހާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި އެވެ.

22:53

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ހުރިހާ މިނިސްޓްރީތައް އަދި މުއައްސަސާތައް އެކުގައި މަސައްކަތް ކުރަމުން ދާ ކަމަށް

"މިރޭގެ ވަގުތެއްގައި އަޅުގަނޑު ކެބިނެޓާވެސް އެބަ ބައްދަލު ކުރަން. ކޮށްފައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދާ. އަދި ކުރިއަށްވެސް މިކަހަލަ ކަމެއް ވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތަކެއް ހޯދުން." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

22:49

އަލިފާންގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން އެސަރަހައްދުގެ ހާލަތު ދަނީ ބައްލަވަމުން

22:47

58 މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮއްސި

"އަލިފާނުގެ ހާދިސާއާ ގުޅިގެން 58 މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވޭ. މި ވަގުތު ހޮސްޕިޓަލްގައި ތިބީ ނުވަ މީހަކު. އެއްވެސް މީހަކަށް ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައެއް ނުވޭ. އެ މީހުން ވެސް މިރޭ ދޫކޮށްލެވޭނެ ކަމަށް ބެލެވޭ،" އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު 'ސަން' އަށް ވިދާޅުވި އެވެ.

22:27 ނަޖާހު މަސްއޫދު

އަލިފާން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފި

އަލިފާން ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފި. މިހާރު ފެންނަނީ ތިން ތަނެއްގައި އަލިފާން ރޯވެފައިވާ ތަން. އެހެން ނަމަވެސް އެހާ ބޮޑަކަށް ނޫން. އެކަމަކު ދުމުގެ އަސަރު ވަރަށް ގަދައަށް މި ސަރައްހައްދުގައި އެބަ ހުރި.

22:17

ކަލާފާނު ސުކޫލުގައި ތިބި އާއިލާތަކަށް، ބްލޭންކެޓް ބެޑްޝީޓް، ބޯފެން އަދި ކާތަކެތީގެ އިތުރުން ކުޑަކުދިންނަށް ނެޕީ އަދި ލާން ހެދުން ފަދަ ތަކެތި ބޭނުންވާތޯ އެހީތެރިކަން ފޯރުކޮށްދެވޭ މީހުން ކޮށް ދިނުމަށް ދަނީ އިލްތިމާސް ކުރަމުން

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކުން 7449656 ނުވަތަ 9976766 ގުޅުވުމަށް ވަނީ އިލްތިމާސްކޮށްފައި

22:13

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ނައިބު ރައީސް ފައިސަލް ނަސީމް ދަނީ ހަރަކާތްތެރިވަމުން

22:11

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ގަރާޖެއްގައި ރޯވެފައި

22:03

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު. ގިނަ އަދަދެއްގެ އާންމުން ދަނީ ފުލުހުންނާއި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން

22:03
އަދި ވެސް އަލިފާން ކޮންޓްރޯލެއް ނުވޭ - ސަން ފޮޓޯ. ނަޖާހު
21:58 ނަޖާހު މަސްއޫދު

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޮޑެތި ވެހިކަލްތަކުގައި ދަނީ ފެން ޖަހަމުން. ކުރިއާ އަޅާ ބަލާއިރު އަލިފާން ގަނޑު ކޮންމެވެސް ވަރަކަށް ވަނީ ކޮންޓްރޯލް ކުރެވިފައި

21:50

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދު

21:40 އަހުމަދު ނާއިފު

ކަޅުހުރާގޭ ގޯތީގައި އިމާރާތްތަކެއްގައި އަލިފާން ރޯވެއްޖެ

21:35 ޢަބްދުﷲ އައިމަން

އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރި އިމާރާތްތަކުގައި ތިބި ހުރިހާ އެންމެން ކަލާފާނު ސުކޫލަށް ޖަމާވުމަށް ޑިޒާސްޓާ މެނޭޖްމެންޓުން އެދެފި. ޑިޒާސްޓާ މެނޭޖްމެންޓުން މިހެން އެދިފައިވަނީ އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވަނީ ކާކުތޯ ބެލުމަށް.

21:33

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހުރިހާ އުޅަނދެއް ނެގުމަށް ފުލުހުން އަންގައިފި

21:27

ރޯވެފައިވާ ހުރި އިމާރާތް އަރިއަޅާލައިގެން ވެއްޓުނު މަންޒަރު

21:23

https://www.google.com/maps/place/4%C2%B010'31.4%22N+73%C2%B030'51.2%22E/@4.1753953,73.5136648,19z/data=!3m1!4b1!4m6!3m5!1s0x0:0x0!7e2!8m2!3d4.1753941!4d73.5142121

އަލިފާންރޯވި ހ. ފެހި އާބާދު، ގެ ގޫގަލް މެޕުން ލޮކޭޝަން ލިންކް

21:22 މުހައްމަދު މުޒައްޔިން ނާޒިމް

އެ ސަރަހައްދުން މައުލޫމާތު ލިބޭ ގޮތުގައި ތާށިވި އެންމެން މިހާރު އިމާރާތްތަކުން ވަނީ ނެރިފައި.

21:16

އަލިފާނުގެ އަސަރު ކުރި ސަރައްހަދު ----

21:15

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދުމުން ސަލާމަތްވުމަށް ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް ދިވެހި ރެޑްކުރެސެންޓުން އިލްތިމާސް ކުރޭ. އަދި ނޭވާލާން އުނދަގޫވެ ބޯ އަނބުރާ ގޮތް ވާނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރޭ.

21:14 މުހައްމަދު މުޒައްޔިން ނާޒިމް

ތާށިވެގެން އިމާރާތުން ނެރުނީ އަންހެނަކާއި ކުޑަ ފިރިހެން ކުއްޖެއް. މައުލޫމަތު ލިބޭ ގޮތުގައި އެ ދެމައިން ރާށިވީ ހ. ފެހއާބާދުގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ފާހާނައެއް ތެރެ. ސަލާމަތީ ބާރުތަކުން ވަނީ އެ ދަމައިން ސްޓްރެޗާގައި މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި.

21:10 މުހައްމަދު މުޒައްޔިން ނާޒިމް

ތާށި ވި ދެމީހުން މިހާރު އިމާރާތުން ނެެރެގެން ގޮސްގޮސްފި

21:01 މުހައްމަދު އައުޒަމް

ހ. ފެހި އާބާދުގޭގައި މިރޭ ރޯވެ އަލިފާން ފެތުރުން ހާދިސާއާ ގުޅުގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިތާމަ ފާޅުކުރައްވައިފިއެވެ.

21:01 ނަޖާހު މަސްއޫދު

ރޯވެފައިވާ އިމާރާތެއްގެ މަތީބުރި ވެއްޓި، އަލިފާނުގެ އަސަރު ކުރި އެހެން އިމާރާތެއް އަރިއަޅާލައިފި

20:58

މަންޒަރު ބަލަން ދާ މީހުންނާއި ސަރަހައްދުގައި ދިރިއުޅޭ ބައްއެއް ފަރާތްތަކުންވެސް އަމަލުތައް ބަހައްޓާގޮތުން، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަތިތަކެއް މެދުވެރިވާތީ އެގޮތަށް އަމަލު ނުކުރުމަށް ކަމާބެހޭ ބަފަރާތްތަކުން ދަނީ އިލްތިމާސްކުރަމުން.

20:56

އަލިފާނުގެ ހާދިސާގައި އަނދަމުންދާ ގެތަކާއި އަދި އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން ކަލާފާނު ސްކޫލުގައި ގާއިމްކޮށްފައިވާ އިމަޖެންސީ ސެންޓަރަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުން.

20:54 މުއާވިޔަތު އަންވަރު

ރޯވެފައިވާ އަލިފާންގަޑުގެ ދުންގަޑު އޭޑީކޭ ހޮސްޕިޓަލާއި ހަމައަށް ވަނީ އައިސްފައި

20:53

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީގެ މެސެޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވިޓާ މެދުވެރިކޮށް ފޮނުއްވާފައި

20:53 ނަޖާހު މަސްއޫދު

އަލިފާންގަނޑު ރޯވެފައިވާ ސަރަހައްދަށް މިހާރު ޑެފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވަޑައިގެންފައި. އެ ސަަހައްދުގެ ހާލަތު މާރިޔާ ދަނީ ބައްލަވާލައްވަމުން.

20:52

މަންޒަރު ބެލުމަށާއި ފޮޓޯނަގައި ހެދުމަށް އާންމުން، އަލިފާން ރޯވެފައިވާ ސަރަހައްދަށް ޖަމާ ނުވުމަށް އަދި އެސަރަހައްދަށް ވެސް ނުދިއުމަށް ފުލުހުންނާއި ސިފައިން އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން ދަނީ އިލްތިމާސް ކުރަމުން.

20:50 މުހައްމަދު އައުޒަމް

އަލިފާނުގެ ހާދިސާގައި އަސަރުކުރި މީހުންނަށް އެހީވުމަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން އޭޑީކޭ އަދި ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވަނީ. 1412 އަށް ގުޅާލައްވާ.

20:48 މުހައްމަދު މުޒައްޔިން ނާޒިމް

އަލިގާންގަނޑު ފުރަމަ ރޯވި ހ. ފެހިއާބާދުގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާގައި އަންހެނަކާއި ކުޑަ ކުއްޖަކު ތާށިވެފައިވާ ކަމަށް މައުލޫމަތު ލިބޭ. ސަލާތަމަތީ ބާރުތަކުން ދަނީ އެމީހާ އިމާރާތުން ނެގުރަމަށް މަސައްކަތް ކުރަމުން.

20:47

20:45

20:44 މުއާވިޔަތު އަންވަރު

އަލިފާން ގަނޑު ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި

20:42

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދައް ފެތުރެމުން ދަނީ --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

20:41 މުއާވިޔަތު އަންވަރު

ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އޭޑީކޭއަށް ގެންގޮސްފައިވައިރު، އައިޖީއެމްއެޗް ވެސް އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށް އެތަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް އަދި މީހަކު މިހާތަނަށް ގެނައިސްފައި ނުވޭ

20:39 މުހައްމަދު މުޒައްޔިން ނާޒިމް

އަލިފާންގަނޑު ރޯވިތާ މިހާރު ގަޑިއެއްހާއިރުވެއްޖެ. އަދިވެސް އަލިވާފާންގަނޑު ނިއްވާނުލެވޭ. މިހާތަނަށް ދެ އިމާރާތަށް ވުރެ ގިނައިން ވަނީ އަލިފާނުގެ އަސަރުކޮށް، އަދަމުން.

20:33 މުހައްމަދު މުޒައްޔިން ނާޒިމް

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން ވިދާޅުވީ، މިހާރު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އެމަޖެންސީ ސެންޓަރު ކަލާފާނު ސްކޫލުގައި ގައިމުކޮށްފައިވާ ކަމަަށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ސެންޓަރަށް ރިޕޯޓު ކުރުމަށް ހިސާން ވިދާޅުވިއެވެ.

20:32 މުއާވިޔަތު އަންވަރު

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލަށް މިހާތަނަށް ގެންދެވުނީ ޖުމްލަ ކިތައް މީހުންކަމެއް ޔަގީންކޮށް ދަންނަވަން ނޭންގޭ ކަމަށް. ހައެއްކަ މީހުން ސްޓްރެޗާގައިވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ޔަގީން ނަމްބަރެއް ނޫން ކަމަށް އައްފާލް ވިދާޅުވި

20:30

20:27

އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން އެއްވެ ނުހެދުމަށް ހެލްތް ޕްރިޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފި. އެޗްޕީއޭއިން ބުނީ ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު

20:26 މުހައްމަދު އައުޒަމް

އެއާޕޯޓް ފަޔާ ލޮރީ އަލިފާން ރޯވި ހިސާބަށް ގެނެސްފި

20:24

ކަލާފާނު ސްކޫލްގައި މިހާރު ވަނީ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރެއް ގާއިމްކޮށްފައި. އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން އެ ސެންޓަރަށް ދިއުމަށް ވަނީ އެދިފައި.

20:22 މުހައްމަދު އައުޒަމް

ދުމުން ރައްކާތެރިވުމުގެ ގޮތުން ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި. ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު މިހާރުވެސް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ

20:21

20:21 މުހައްމަދު މުޒައްޔިން ނާޒިމް

ޒަހަމްތަކާއެކު އެމްއެންޑީއެފްގެ އޮފިޝަލަކާއި ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

20:20

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދައް ފެތުރެމުން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

20:19

ސަރަހައްދުގައި ތިބި ބައެއް މީހުން 'ސަން' ނޫސްވެރިންނަށް ބުނީ އެ ހާސދިސާ ހިނގާފައިވާ އެ ގުދަނަކީ ކުކުޅު ފިނިކުރާ ގުދަނެއްގައި ކަމަށް

20:19

20:18 ނަޖާހު މަސްއޫދު

ރޯވެފައިވަނީ ހ. ފެހި އާބާދުގޭގޭގެ ފަހަތުގައި ހުރި ގޭގެގައި އަލިފާން ހިފައިފި

20:18

20:15 ނަޖާހު މަސްއޫދު

ފަޔާ އެންޑް ރެސްކިއުގެ އެންމެ ބޮޑު ވެހިކަލް ގޯޅި އަށް ވައްދައިފި

20:15

މުޅި ބްލޮކުން މީހުން ހުަސްކޮށްފި

20:14

އަލިފާން ރޯވެފައިވާ ސަރަހައްދަށް މީހުން އެއްވެ ހެދުމުގެ ސަބަބުން އަލިފާން ނިއްވުމުގައި ދަތި އުނދަގޫތަކެއް މެދުވެރިވާ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތުދޭ. އެހެންކަމުން އެސަރަހައްދަށް މީހުން އެއްވެ ނުހެދުމަށް އެދޭ.

20:14

ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އާންމުންނާ ގުޅިގެން ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

20:13

އަލިފާނުގެ ހާދިސާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލް ވަނީ ކުއްލިހާލަތަށް ގެނެސްފައި.

20:12

އަލިފާނުގެ އަސަރު ވަނީ އެސަރަހައްދުގައި ހުރި ގިނަ ގެތަކަށް ފޯރާފައި.

20:11

އޭޑީކޭ ހޮސްޕިޓަލް ކުއްލި ހާލަތަށް ގެނެއްސި

20:10

ދުމުގެ އަސަރުކޮށްގެން ގިނަ އަދަދެއްގެ ކުޑަކުދީން އޭޑީކޭ ހޮސްޕިޓަލަށް ވައްދަމުން އެބަ ގެންދޭ.

20:09

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދައް ފެތުރެމުން ދަނީ --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

20:08

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަބަދަށް ފެހި މަގުގައި ހުންނަ ހ. ފެހިއާބާދުގޭގައި.

20:08

އެއްވެސް މީހަކަ ފިހުނު ކަމުގެ މައުލޫމަތެއް އަދި ލިބިފައި ނެތް ނަމަވެސް ދުމުގެ އަސަރު ކޮށްގެންނާއި ބައެއް އެހެން ހާނިއްކަ ވެގެން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

20:06

އެ ސަރަހައްދުގައި ހަރަކާތެރިވަމުން އަންނަ 'ސަން' ގެ ނޫސްވެރިން ބުނީ، ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އަންނަނީ ފެތުރެމުން ކަމަށާއި ކައިރީގައި ހުރި ސައިކަލްތަކުގައި ވެސް ވަނީ ރޯވެފައި ކަމަށެވެ.

20:00 މުއާވިޔަތު އަންވަރު މާލެ

ދުމުގެ އަސަރުކޮސްގެން ބައެއް ކުޑަކުދިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި