ތެޔޮ ކާރުހާނާއަށް ދިން ހަމަލާ: އުރުދުގާން "ކުށްވެރިކުރެއްވީ" ސައުދީ

ސައުދީގެ އަރަމްކޯ ޕްލާންޓަށް ދިން ހަމަލާގެ ތެރެއިން--- ފޮޓޯ: ރޮއިޓާސް

ސައުދީގެ މައި ތެޔޮ ކުންފުންޏަށް ޔަމަނުގެ ހޫތީ ޖަމާއަތުން ދާދި ފަހުން ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ސައުދީ އަރަބިއްޔާކަން ދޭ ހަވާފަދަ ގޮތަކަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުގާާން ވާހަކަ ދައްކަވައިފަ އެވެ.

އަރަމްކޯ ޕްލާންޓަށް ދިން ވަރުގަދަ ހަމަލާއާއެކު އެ ގައުމުން ތެޔޮ އުފައްދާ މިންވަރު ދެ ބައިކުޅަ އެއްބަޔަކަށް މަޑުޖެހުނެެވެ. އެ ހަމަލާގެ ޒިންމާ ހޫތީ ޖަމާއަތުން ނެގިއިރު ދުނިޔޭގެ ވަރަށް ގިން ޖަމާއަތްތަކުން ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުއްވެރިކޮށްފަ އެވެ.

އުރުދުއާން ވިދާޅުވީ ޔަމަަނަށް އެންމެ ފުރަތަމަ ބޮން އެޅި ފަރާތަން އެ ހަމަލާގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

ސައުދީން އިސްވެ އޮވެ ޔަމަނަށް ހަމަލާ ދީ ބޮން އަޅަން ފެށީ 2015 ވަނަ އަހަރުއެވެ. އެ ހަނގުރާމައގައި ލައްކައެއްހާ ޔަމަނުގެ މީހުން މަރުވެފައިވާއިރު ސައުދީ އަރަބިއްޔާގެ ދަނީ ޔަމަނުގައި އިންސާނީ ޖަރީމާއެއް ހިންގަމުންނެނެވެ.

"އެންމެ ފުރަތަމަ ޔަަނަށް ބޮން އަޅަން ފެށީ ކޮންބައެއްތޯ. އެ ސުވާލުގެ ޖަވާނު ލިބިއްޖިއްޔާ އެނގޭނެ ދާދި ފަހުން ހިނގައިދިޔަ ހާދިސާއަކީ ޔަމަނަށް ހަމަލާ ދިނުމުން ރައްދުގައި ދިން ހަމަލާއެއްކަން." އުރުދުގާން ވިދާޅުވި އެވެ.

ސައުދީން އިސްވެ އޮވެ އުފެއްދި ކޯލިޝަނުން ޔަމަަނަށް ހަމަލާ ދޭން ފެށިއިރު އެ ހަނގުރާމައަށް އުރުދުގާންވެސް ތާއިދުކުރެއްވިއެވެ. ނަމަވެސް މިހާރު އެ ހަނގުރާމައާމެދު ތުރުކީން ދެކޭގޮތް ބަދަލުވެއްޖެކަމުގެ ނިޝާންތައް ދަނީ ފެންުނަމުންނެވެ.

ސައުދީން އެގައުމުގެ ނޫސްވެރިޔާ ޖަމާލް ޙާޝުގްޖީ ތުުރުކީގައި މަރާލި ހާދިސާއަށްް ފަހު ތުރުކީއާ ސައުދީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

comment ކޮމެންޓް