ވިޔަފާރި ކުރަން ދިޔަ މީހަކު ރުޅިގަދަވެ އިހުސާން ފިހާރައަށް ގެއްލުންދީފި

އެ ހާދިސާ ހިނގީ ހެންވޭރު އިހުސާން ފިހާރައިގައި --- ފޮޓޯ : ގޫގަލް ޑްރައިވް

ހެންވޭރު އިހުސާން ފިހާރައަށް ވިޔަފާރި ކުރަން ދިޔަ މީހަކު ރުޅިގަދަވެ އެ ފިހާރައިގައި ހަމަނުޖެހުން ހިންގައި ފިހާރަޔަށް ގެއްލުންތަކެއް ދީފި އެވެ.

ފުލުހުން ބުނީ އިހުސާން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ އެތަނަށް ދިޔަ މީހަކު އެތަނުގައި ހަމަނުޖެހުން ހިންގުމަށްފަހުގައި ކަމަށެވެ.

ފުލުހުން ބުނީ އިހުސާން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ މައްސަލައެއް މިރޭ 9:53 އެހާކަން ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ ހަމަނުޖެހުން ހިންގި މީހާ ތަޅާލާފައި ވަނީ އިހުސާން ފިހާރައިގެ ނިކުންނަ ދޮރުގެ ބިއްލޫރިގަނޑު ކަމަށެވެ. ބިއްލޫރިގަނޑު ތަޅާލާފައިވަނީ ދިވެއްސެއް ކަމެއް އަދި ބިދޭސީއެއް ކަމެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މައްސަލާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް