ފޭކް މެޑިކަލް ރިޕޯޓެއް ހެދި ބިދޭސީއަކު އަތުލައިގެންފި

އަތުލައިގެން ބިދޭސީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ --- ފޮޓޯ : އިމިގްރޭޝަން

ނަކަލުކޮށްގެން ފޭކް މެޑިކަލް ރިޕޯޓެއް ތައްޔާރުކޮށްގެން ވިސާ އާ ކުރަން އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި އެ ބިދޭސީ މީހާ ނަކަލުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކުރަން އުޅެފައިވަނީ ވޯކް ވިސާ އާ ކުރުމަށެވެ. ވޯކް ވިސާ އާކުރާއިރު އިމިގްރޭޝަނުން ގަބޫލުކުރާ ތަނަކުން ހަދާފައިވާ މެޑިކަލް ރިޕޯޓް ބޭނުންވާނެ އެވެ.

މިފަހުން އިމިގްރޭޝަނުން ވަނީ ވޯކް ވިސާއާ ހިލާފަށް ރާްއްޖޭގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން 50،000 އަށްވުރެ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ފެމިލަރައިޒޭޝަން ޕްރޮގްރާމެއް ވެސް މިހާރު ފަށައިފަ އެވެ.

comment ކޮމެންޓް