މިނިސްޓަރު ޝާހިދު ޗައިނާގެ ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

ޝާހިދު ޗައިނާގެ ނައިބު ރައީސާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނައިބު ރައީސް ވަންގް ގިޝާންއާ ބައްދަލު ކުރައްވައިފިއެވެ.

ބެއިޖިންގެ ޒިގުއަން ޕެވީލިއަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސްއާއި މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުޙަބާ ދެންނެވިއެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މަރުޙަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ނައިބު ރައީސް ވިދާޅުވީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައިރާއްޖެއަކީ މުހިއްމު ގާއުމެއް ކަމަށެވެ.

މިނިސްޓަރު ޝާހިދު ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ހަލީލް އާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު އަދި އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގު ބައިވެރިވެ ލައްވައެވެ.

comment ކޮމެންޓް