ރާއްޖެ އައި މީހަކު 2.9 މިލިއަން ރުފިޔާގެ ކެނަބިސްއާއެކު ހައްޔަރުކޮށްފި

އިއްޔެ އަތުލައިގަތް 2.9 ކިލޯގެ ކެނަބިސް --- ފޮޓޯ/ ކަސްޓަމްސް

ބަންގްލަދޭޝްއިން ރާއްޖެ އައި މީހަކު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން ބުނީ އިއްޔެ ބަންގްލަދޭޝްއިން ވައިގެ މަގުން ރާއްޖެ އައި 36 އަހަރުގެ ބަންގްލަދޭޝްގެ މީހެއްގެ އަމަލުތައް ހުރި ގޮތުން އޭނާއާމެދު ޝައްކުކުރެވިގެން ބަލައިފާސްކުރި އިރު، އޭނާގެ އަތުން 3.69 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށެވެ.

އެ މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2.95 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާ ކުރެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.

ކަސްޓަމްސްއިން މި އަހަރުގެ މިހާތަނަށް އެކި ގޮތް ގޮތުން ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރި 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

https://sun.mv/124076

comment ކޮމެންޓް