ސަން އެކްސްޕްލެއިންސް: ނަޝީދާއި ސަރުކާރު އަރައިރުމަކަށް!

މިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ސިޔާސީ މައިދާނުން އެންމެންގެ ޝައުގުވެރިކަން ދަމައިގަތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވުމުންނެވެ. ސަރުކާރު ސްލޯ ނޫން ކަމަށް ވިދާޅުވި ވާހަކަ އަނބުރާލައްވައި އެމަނިކުފާނު ވިދާޅުވީ؛ "ސަރުކާރުގައި ސްލޯކަމެއް ހުރި ކަމުގެ އިހުސާސް ކުރެއްވޭ" ކަމަށެވެ. އަދި އެކަން ދިމާވަނީ "ފަރުވާކުޑަކަމާއި އަޅައި ނުލުން" ފަދަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ވާހަކަތަކަކުން ފެންމަތި ކުރާ ސުވާލަކީ؛ ރައީސް ނަޝީދާއި ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް އުޅެނީ ހެއްޔެވެ؟ އެފަދަ ނުތަނަވަސްކަމެއް އޮތް ނަމަ ނަތީޖާއަކީ ކޮބައިހެއްޔެވެ؟

"ސަން"އިން ގެނެސްދޭން މިފަށާ "ސަން އެކްސްޕްލެއިންސް" ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި މި އޮތީ، އެ ސުވާލުތަކުގެ ޖަވާބެވެ. ބައްލަވާ ލައްވާށެވެ.

comment ކޮމެންޓް