އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ފްލެޓްތަކެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ފޭސް ދޭއްގެ އިމާރާތެއްގެ އަށް ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކު މަރުވެއްޖެ އެވެ. ހުޅުމާލެ ހޮސްޕިޓަލުން އެކަން ކަށަވަރުކޮށްދިނެވެ.

އުމުރުން 37 އަހަރުގެ ބްންގްލަދޭޝްއަށް ނިސްބަތްވާ އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ، މިއަދު މެންދުރު 12:00 ހާއިރު އެވެ.

ހުުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައިކަމަށެވެ. އޭނާ ގެނައި އިރު، އޭނާއަށް ގިނަ ޒަހަމްތަކެއް ވެ، ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް