މަސްފެންގަނޑަށް ވެއްޓުނު ކުޑަކުއްޖާގެ ހާލަތަށް ބަދަލަށް ނާދޭ: އައިޖީއެމްއެޗު

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ ކުޑަކުއްޖާ އަދިވެސް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށެވެ.

އައިޖީއެމްއެޗްއިން އިތުރު ތަފްސީލެއް ނުދެ އެވެ.

އުމުރުން ދެ އަހަރުގެ އެ ކުއްޖާ ގަމުގެ ގެއްގެގައި ހުރި މަސް ފެންގަނޑަށް ވެއްޓުނީ، މީގެ ދެ ދުވަސް ކުރިންނެވެ.

އެ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. ނަމަވެސް ފަހުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

comment ކޮމެންޓް