ނިއާ ޝަރުމާ އުފަންދުވަސް ފާހަގަކުރީ 19 ކޭކާއެކު!

ނިއާ ޝަރުމާ --- ފޮޓޯ : އިންޑިއަން ޓައިމްސް

ފޭނުންގެ ގިނަ ހަދިޔާތަކާއި 19 ކޭކާއެކު މަޝްހޫރު ޑެއިލީ ސޯޕު ތަރި ނިއާ ޝަރުމާގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ނިއާ މިހާރު މަސައްކަތްކުރަމުންދާ ވެބް ސީރީޒް "ޖަމާއި 2.0" ކާސްޓާއެކު ވަނީ ދާދި ފަހުން އޭނާގެ 29 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. ނަމަވެސް އެހާ ހިސާބުން އޭނާގެ އުފަންދުވަހުގެ ހަދިޔާތައް ނިމުނީއެއް ނޫނެވެ.

އެކި ފޭނުންނާއި ކްރޫގެ ފަރާތުން ނިއާއަށް ވަނީ 19 ކޭކު، އުފަންދުވަހުގެ ހަދިޔާގެ ގޮތުގައި ދީފައެވެ. އަދި ޖަމާއި 2.0 ސެޓުގައި، ނިއާ އެ ކޭކުތައް ފަޅާފައިވަނީ ކާސްޓާއި ފޭނުންނައެކުގައެވެ.

ނިއާ ބުނިގޮތުގައި އެކި މީހުންގެ ފަރާތުން އޭނާއަށް އެކި ކަހަލަ ވަރަށް އަގުހުރި ހަދިޔާތައް ލިބިފައިވެއެވެ. އަދި އެކަމަށް ވަރަށް ޝުކުރުވެރިވާ ކަމަށް ނިއާ ވަނީ ބުނެފައެވެ. އޭނާއަށް ލިބުނު ހުރިހާ ހަދިޔާތަކެއްވެސް ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

އުފަންދުވަސް އައި އިރު އޭނާ މަސައްކަތްކުރަމުންދަނީ ޖަމާއި 2.0ގެ ލީޑް ރޯލުގެ މަސައްކަތެވެ. ޒީ ނެޓްވޯކްގެ ސްޓްރީމިން އެޕްލިކޭޝަނަށް އަންނަ ޖަމާއި 2.0 އަކީ ޒީ ޓީވީގެ "ޖަމާއި ރާޖާ"ގެ ސީކުއަލް އެކެވެ.

comment ކޮމެންޓް