"ފްރެންޑްސް"ގެ ބަދަލުގައި ނެޓްފްލިކްސްއަށް "ސައިންފީލްޑް"

ސައިންފެލްޑުގެ ކާސްޓުން --- ފޮޓޯ : ވޯލްސްޓްރީޓް ޖާނަލް

މަޝްހޫރު ޓީވީ ސީރީޒް "ފްރެންޑްސް" ނެޓްފްލިކްސް އަށް އަލްވަދާއު ކިޔުމަށް ތައްޔާރުވަމުންދަނިކޮށް، 90ގެ މަޝްހޫރު ޓީވީ ސީރީޒް "ސައިންފެލްޑް" ގެނައުމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.

އެންމެ ބޮޑު ސްޓްރީމިން ސާވިސް ނެޓްފްލިކްސް އާ ފްރެންޑްސް އާ ދެމެދު އޮތް އެއްބަސްވުން އަންނަ އަހަރު ހަމަ ވާނެއެވެ.

އެ އެއްބަސްވުން ހަމަވާން ގާތްވުމާ ގުޅިގެން ފްރެންޑްސްއާ އެއްވަރުގެ މަގުބޫލުކަމެއް އޮތް ކުރީގެ ޝޯއެއް ހޯދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ފެށިއެވެ.

މަޝްހޫރު ކޮމެޑީ ސައިންފެލްޑް ނެޓްފްލިކްސްއަށް ގެންނަނީ ބޮޑު އަގެއް ދީފައެވެ. ސޮނީ އާއެކު ނެޓްފްލިކްސް އިން ވީ އެއްބަސްވުމުގެ ދަށުން އެ ސްޓްރީމިން ސާވިސް އަށް ސައިންފެލްޑް ސްޓްރީމްކުރުމުގެ ހުއްދަ ދީފައިވަނީ 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުންނެވެ. އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ނެޓްފްލިކްސްއަށް ސައިންފެލްޑް ދެއްކުމުގެ ބާރު ލިބިގެންދާނެއެވެ.

ނެޓްފްލިކްސް އިން ފްރެންޑްސް ނަގާއިރު އެ ޝޯ ދެން ދައްކާނީ އެޗްބީއޯ މެކްސް އިންނެވެ. އެޗްބީއޯ މެކްސްއަކީ އެޗްބީއޯއިން އަލަށް ތައާރަފުކުރާ ސްޓްރީމިން ސާވިސް އެކެވެ.

comment ކޮމެންޓް