ކަނޑުމަތީގައި ހާލު ދެރަވި މީހަކު އެމްއެންޑީއެފްގެ އެހީގައި އިހަވަންދޫއަށް

އެމްއެންޑީއެފް ކޯސްޓުގާޑް ލޯންޗެއް: -- ފައިލް ފޮޓޯ: އެމްއެންޑީއެފް

މަހަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު އެމްއެންޑީއެފްގެ އެހީގައި ހއ. އިހަވަންދޫއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 63 ނޯޓިކަލް މައިލް ބޭރުން މަސްވެރިކަން ކުރަން އުޅުނު "އަރާތަރި" ދޯނީގައި ހުރި 30 އަހަރުގެ ދިވެއްސެއްގެ ހާލު ކުއްލިއަކަށް ބޮޑުވިކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

އެ ހާދިސާގައި އެ ޒުވާނާގެ ގައިން ކުއްލިއަކަށް ވަނީ ވާގި ދޫވީއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 14:44 ގައި ކަމަށާއި އެ ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑު ޑައިވަރުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށެވެ.

ހާލު ބޮޑުވިމީހާ އިހަވަންދޫއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ ފާސްޓާ އިންޓަސެޕްޓާ ކްރާފްޓް، ފާމުދޭރި ލޯންޗަށް ނަގައިގެންނެވެ.

comment ކޮމެންޓް